އައްޑޫ ސިޓީ ހިތަދޫގެ އުމުރުން 29 އަހަރުގެ އައިމިނަތު ހަމީދު ( ޝެފް އަމީ) އަކީ ރިސޯޓުގައި މަސައްކަތް ކުރާ ޕޭސްޓްރީ ޝެފެކެވެ. އޭނާ އަކީ އަބަދުވެސް އެ އިރެއްގެ އެންމެ ޓްރެންޑުތައް ފޮލޯ ކުރާ މީހެކެވެ.

އެގޮތަށް މިރާ ގްލޭޒް ކޭކަކީ 2020ގައި ވަރަށް ޓްރެންޑިން ކޭކެއް ކަމަށާއި މިރާ ގްލޭޒް ކޭކް އަޅަން ފެށީ އެހެންވެ ކަމަށް ޝެފް އަމީ ބުނެއެވެ.

ޝެފް އަމީ އަޅާފައިވާ މިރާ ގްލޭޒް ކޭސް

ޝެފް އަމީ މިރާ ގްލޭޒް ކޯހެއް ހަދާފައެއް ނުވެއެވެ. އެހެން ނަމަވެސް ކޭސް ގްލޭޒިން ކުރަން ވަރަށް ބައިވަރު މާސްޓާ ކްލާސްތަކާ ޓްރޭނިންތައް ނަގާފައިވާ ކަމަށް އޭނާ ބުނެއެވެ.

މިރާ ގްލޭޒް ވަކި ގޮތަކަށް ހަދަން އިންސްޕަޔާ ވަނީ މިސާލަކަށް ވަރަށް ސަޅި ސަންސެޓެއް މިފެންނަނީ، އައި އޮލްވެސް ގެޓް އިންސްޕަޔާޑް ފްރޮމް ނޭޗާ، ސޯ އޭތި ކޭކެއްގެ ސިފައިގަ ކްރިއޭޓް ކޮށްލަން އަސްލު، ވަކި މީހަކު މިގޮތަށް ހަދާށޭ ބުނެގެން އެގޮތަކަށް ދަސްކޮށްގެން ހަދާ އެއްޗެއް ނޫން،
ޝެފް އަމީ
https://www.instagram.com/p/CN1ens_JCBn/?igshid=1farheorvglhy

އާންމުކޮށް މިރާ ގްލޭޒް ކޭކް އަޅަން އެހާ ގިނަ ވަގުތު ނުނަގާ ކަމަށް ޝެފް އަމީ ބުނެއެވެ. އެހެން ނަމަވެސް ކޭކު ރެސްޓުކުރާއި ފްރީޒް ކުރަން ވަގުތު ދާ ކަމަށް އޭނާ ބުނެއެވެ.

އާންމުކޮށް މިރާ ގްލޭޒް ކޭކެއް ހަދަން ބޭނުމެއް ނުވާނެ އެހާ ގިނަ ވަގުތެއް، އެކަމަކު މިރާ ގްލޭޒް ހަދާފަ ވަކި ގަޑިއިރު ރެސްޓްކުރަން ޖެހޭނެ، އެހެންވީމަ މަދުވެގެން ދެ ދުވަސް ތެރޭ ނިންމާލެވޭނެ، ފުލް ކޭކެއް، އެއީ އެއަކަށް ދާ ޓައިމްއެއް ނޫން، އޭތި ރެސްޓުކުރަންށާ ފްރީޒް ކުރަންށާ އެބައިބަޔަށްދާ ވަގުތު،
ޝެފް އަމީ
ޝެފް އަމީ އަޅާފައިވާ މިރާ ގްލޭޒް ކޭސް

ޝެފް އަމީގެ މިރާ ގްލޭޒް ކޭކްތައް އެންމެނަށް ވެސް ކަމުދާއިރު އެންމެންގެ ފަރާތުން ވެސް ޕޮޒިޓިވް ކޮމެންޓު ލިބޭ ކަމަށް ޝެފް އަމީ ބުނެއެވެ. އަދި ކުރިއަށް ވުރެ މިހާރު ލެވަލް މަތި ވަމުންދާ ކަމަށާއި މިހާރު ހަދާ ކޭކްތައް ވަރަށް ރީތިކަމަށް އެންމެން ވެސް ބުނާ ކަމަށް ޝެފް އަމީ ބުނެއެވެ.

ޝެފް އަމީ އަޅާފައިވާ މިރާ ގްލޭޒް ކޭސް

ޝެފް އަމީ ބުނާގޮތުގައި މިރާ ގްލޭޒް ކޭކް ހަދަން ދަސްކުރަން ވަރަށް ގިނަ މީހުން އެދިފައިވާ ކަމަށެވެ.

އެގޮތުން ޝެފް އަމީ އަންނަނީ މިފަދަ ކޭކުތައް އަޅަން ބޭނުންވާ ފަރާތްތަކަށް ދަސްކޮށްދިނުމަށް އޮންލައިން ކޯހެއް ފަށަން ތައްޔާރު ވަމުންނެވެ.

ޝެފް އަމީ އަޅާފައިވާ މިރާ ގްލޭޒް ކޭސް

ގްލޭޒިން މާސްޓާ ކްލާހެއް ފެށުމަށް މަސައްކަތް ކުރަމުންދާއިރު މިކްލާސް މިހާރު ޝޫޓްކޮށް މިހާރު ނިމިފައިވާ ކަމަށް އޭނާ ބުނެއެވެ. އަދި އަންނަ މަހުގެ ފަހުކޮޅު ތެރޭ ކްލާސް ފެށޭނެ ކަމަށް ހުނަރުވެރި ޝެފް އަމީ ބުނެއެވެ.

އޭގެ އިތުރުން މިދިޔަ އަހަރާ މިއަހަރުގެ ތެރޭ ގާތްގަނޑަކަށް 70 ކުދިންނަށް ކިޔަވާ ދީފައިވާނެ ކަމަށް ވެސް ޝެފް އަމީ ބުނެއެވެ. ނަމަވެސް އެއީ އައްޑޫގައި ކަމަށާއި ނަގާދީފައިވަނީ ފިޒިކަލް ކްލާސްތައް ކަމަށް އޭނާ ބުނެއެވެ.

https://www.instagram.com/p/CN4QM-8J6h3/?igshid=16xkghcdj70l5
ރާއްޖެގެ ހުރިހާ ތަނަކަށް ނުދެވޭނެތާ ދޯ ކިޔަވާދޭކަށް، އެހެންވެ އޮންލައިންކޮށް ކިޔަވައިދެން ވެގެން މިއުޅެނީ،
ޝެފް އަމީ

މިހާތަނަށް ގާތްގަނޑަކަށް މިރާ ގްލޭޒްގެ 100 ކޭކު އަޅާފައި ހުންނާނެ ކަމަށް ޝެފް އަމީ ބުނެއެވެ.

ޝެފް އަމީ އަޅާފައިވާ މިރާ ގްލޭޒް ކޭސް

ޝެފް އަމީ ބުނާގޮތުގައި އޭނާއަށް މިމަސައްކަތަށް އެންމެ އެހީތެރިކަން ލިބެނީ މައިންފަބައިގެ ފަރާތުންނެވެ. އަދި ރިސޯޓުގައި މަސައްކަތްކުރާއިރު ޝެފުންގެ ފަރާތުން ވެސް އެހީތެރިކަން ލިބޭ ކަމަށް އޭނާ ބުނެއެވެ.

މިރާ ގްލޭޒް ކެސް އަޅަން ބޭނުންވާ ފަރާތަކަށް ޝެފް އަމީ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. ޝެފް އަމީ ބުނަނީ ކަމެއްގެ ހުވަފެން ދެކި، އެކަމެއް ކުރަން އުޅެފިނަމަ ކޮންމެ ކަމެއް ކުރެވޭނެ ކަމަށެވެ.

ޝެފް އަމީ އަޅާފައިވާ މިރާ ގްލޭޒް ކޭސް
އިފް ޔޫ ކޭން ޑްރީމް، ޔޫކޭން ޑޫ އިޓް، އެކަހަލަ ކޭސް ފެނުމުން ހިތަށް އަރާ އަހަންނަށް ވެސް ހެދިދާނެ ހޭ އެކަހަލަ ކޭކް، ދެން ޓްރައި ކުރަމުން ކުރަމުން، އަބަދުވެސް މޮޅެތި މީހުން ހަދާ އެއްޗެހި ބަލަން، އެމީހުންގެ އެގެންނަ ޕާފެކްޝަން ލެވެލް އާ އެއްޗެހި، އެ ބަލަމުން ގޮސް، ބަލާފަ މަސައްކަތް ކުރަން ޖެހޭނީ، މަސައްކަތް ނުކުރަންޏާ ނުވާނެ،
ޝެފް އަމީ

މި މަސައްކަތުގައި އެންމެ ޝުކުރު އަދާކޮށްލަން ބޭނުންވަނީ އާއިލާ އަދި ރަހުމަތްތެރިންނަށް ކަމަށް ޝެފް އަމީ ބުނެއެވެ.