ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރުމަށް ހަލުވި ދުވެލީގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ނޭފަތަށް ޖަހާ ސްޕްރޭ ވެކްސިނެއް އީޖާދު ކޮށްފިއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ބޭނުން ކުރަމުން އަންނަ މަސްގަނޑަށް ޖަހާ ވެކްސިނާ ހިލާފަށް، ނޭފަތުގެ ޒަރިއްޔާއިން ހަށިގަނޑަށް ފޮނުވާލާ ގޮތަށް ވެކްސިނެއް އުފައްދާފައި ވަނީ ލޭންކެސްޓާ ޔުނިވާސިޓީގެ ދިރާސާ ޓީމަކުންނެވެ.
ދިރާސާ ޓީމުން ވަނީ 2 ޑޯޒްގެ މައްޗަށް އެކުލެވޭ މި ވެކްސިން ސްޕްރޭ، ޖަނަވާރުތަކެއްގައި ޓެސްޓު ކޮށްފައެވެ. ޖަނަވާރުތަކުގައި ޓެސްޓު ކުރުމަކީ، ވެކްސިނެއް އުފެއްދުމުގެ އެންމެ ފުރަތަމަ މަރުހަލާއެވެ.
މި ވެކްސިންގެ ތަހުލީލުގައި ބައިވެރިވި ކުރި ޖަނަވާރުންގެ ހަށިގަނޑުން، ކޮވިޑް-19 ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ނައްތާލާ ކަމަށް ވަނީ ދައްކާފައެވެ. އަދި ފުއްޕާމާގެ އެކި ކަހަލަ ތަކުލީފުތަކުންވެސް މި ޖަނަވާރުތަކަށް ލުޔެއް ލިއްބައި ދިން ކަމަށް މައުލޫމާތު ލިބެއެވެ.
ލެންކޭސްޓާ ޔުނިވަސިޓީގެ ދިރާސާ ޓީމުން ކޮވިޑް-19އަށް ހާއްސަކޮށްގެން، ނޭފަތަށް ސްޕްރޭ ކުރާ ވެކްސިނެއް އުފައްދާފައި މިވަނީ، ނާމްސޫފީގެ މެދުގައި އާޏްމު، ނިއުކާސަލް ޑިޒީޒް ވައިރަސް (އެންޑީވީ) އަށް ބިނާ ކޮށެވެ. މިއީ އިންސާނުންގެ ހަށިގަނޑުން ނަކަލު ކުރާ، ނަމަވެސް ނުރައްކަލެއް ނެތް ވައިރަހެކެވެ.
ސައެންޓިސްޓުން ވަނީ، އެންޑީވީ ބޭނުން ކޮށްގެން، ސާސްކޮވް-2 ގެ ސްޕައިކް ޕްރޮޓީންސް އުފައްދާފައެވެ. މިއާއެކު، ސާސްކޮވް-2އާ ދެކޮޅަށް ދިފާއުވުމަށް އުފެއްދުމަށް، "އޮޅުވާލުމެއްގެ ތެރެއިން" ހަށިގަނޑަށް އަންގައެވެ.
އެންޑީވީ ބޭނުން ކޮށްގެން ސާސްކޮސް-2 އާ ދެކޮޅަށް އުފެއްދި ސްޕްރޭ ވެކްސިންގެ ކާމިޔާބު ވަޒަން ކުރުމަށް، ލޭންކެސްޓާ ޔުނިވާސިޓީގެ ވައިރޮލޮޖިސްޓް ޑރ މުހައްމަދު މުނީރުއާއި، އިމިއުނޮލޮޖިސްޓުން ކަމަށްވާ ޑރ ޖޯން ވޯދިންގްޓަންއާއި ޑރ ލޫސީ ޖެކްސަން-ޖޯންސް ވަނީ، ޓެކްސަސްގެ ބައޮމެޑިކަލް ރިސާޗް އިންސްޓިޓިއުޓްއާއި އިއްތިހާދު ހަދާފައެވެ.
ޑރ މުނީރު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން، ނޭފަތަށް ވެކްސިން ސްޕްރޭ ކުރި ޖަނަވާރުތަކުގެ ހަށިގަނޑުން ވައިރަސް ބޭރު ކުރުން މުޅިން ހުއްޓުވާލެވުނެވެ. މިއީ ދެވަނަ މީހަކަށް ވައިރަހުގެ އަސަރު ފޯރުވުން ހުއްޓުވޭނެ ކަމެކެވެ.
އިންސާނުންގެ ހަށިގަނޑުގައި މި ވެކްސިން ބޭނުން ކުރުމަށް ރެގިއުލޭޓަރުންގެ ރުހުން ބޭނުންވެއެވެ. އެކަން ކުރުމަށް އިންސާނުންގެ ހަށިގަނޑުގައި މި ވެކްސިން ޓެސްޓު ކުރަން ޖެހެއެވެ.
ދިރާސާ ކުރާ ފަރާތްތަކުން ދަނީ ނޭފަތާ އަނގައަށް ޖަހާ ވެކްސިނެއްގެ އެހީގައި ކޮވިޑް-19އަށް މާ ފުރިހަމަ ދިފާއެއް ހޯދާ ދެވިދާނެތޯ ބަލަމުންނެވެ. ސައެންސްވެރިންގެ އުއްމީދަކީ ސީދާ ވައިހޮޅިތަކަށް ފޮނުވާލެވޭ ވެކްސިނެއްގެ އެހީގައި މިކަމަށް ހައްލެއް ހޯދުމެވެ. މިކަން މިހެން ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، އެ ގުނަވަނެއްގައި ވައިރަސް އަށަގަނެ، މުޅި ހަށިގަނޑަށް ވައިރަސް ފަތުރާލާ ނޭފަތުގައި ވައިރަސް ހަރުނުލާނެ ގޮތަކަށް ވައިރަހުން ދިފާއު ހޯދާދިނުމެވެ.
އިންފްލުއެންޒާއިން ދިފާއުވުމަށް މިހާރުވެސް ނޭފަތަށް ޖަހާ ވެކްސިނެއް އިންސާނުންގެ މެދުގައި އަންނަނީ ބޭނުން ކުރަމުންނެވެ.
ނޭފަތަށް ސްޕްރޭކުރާ ވެކްސިން ބޭނުން ކުރުމުގައި އިތުރު ފައިދާތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ކަށި ބޭނުން ކުރަން ނުޖެހުމާއި، ވެކްސިން ދިނުމަށް ހާއްސަ ތަޖުރިބާ ލިބިފައިވާ ސިއްހީ ހިދުމަތްތެރިން ބޭނުންވާ މިންވަރު މަދުވުން ހިމެނެއެވެ. މީގެ އިތުރުން، އެއްތަނުން އަނެއް ތަނަށް ވެކްސިން އުފުލާ ހެދުމަށްވެސް ލުއި ފަސޭހަތަކެއް ހުރެއެވެ. ހަމައެހެންމެ، ވެކްސިން ރައްކާކޮށްފައި ބަހައްޓަންޖެހޭ ފިނިހޫނު މިނަށް ބަލާއިރުތަކެއްވެސް ނޭފަތާއި އަނގަޔަށް ޖަހާ ވެކްސިންގައި ފަސޭހަތަކެއް ހުރެއެވެ.
ލޭންކެސްޓާ ޔުނިވާސިޓު ޑރ މުހައްމަދު ރުހައިމް ވިދާޅުވީ، މި ވެކްސިނަކީ ދަށް އަދި މެދު ފަންތީގެ ގައުމުތަކަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓަކަށް ވާނެ ވެކްސިނެއް ކަމަށެވެ.