ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ހިމެނޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައި ވާ ލިސްޓަށް ބަދަލު ނުގެނައުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި، 2019 ވަނަ އަހަރުގެ އޮކްޓޯބަރު 31 ގައި ރައީސް ސޯލިހު ކަނޑައަޅުއްވާފައި ވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، މުރާޖައާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ލިސްޓު މުރާޖައާ ކުރުމަށްފަހު އެ ލިސްޓަށް އުނިއިތުރެއް ގެނައުމަށް މިހާރަށް ނުފެންނަ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެހެން ކަމުން ކުރިން ވެސް އިއުލާން ކޮށްފައިވާ ލިސްޓު އޮތްގޮތަށް ދެމެހެއްޓުމަށް ރައީސް ނިންމަވާފައި ވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނޑައެޅި ލިސްޓް:

  • އިސްލާމިކް ސްޓޭޓް (އައިސިލް/ އައިއެސްއައިއެސް/ އައިސިސް)
  • އަލް ގައިދާ
  • ޖަބްހަތުއް ނުސްރާ (ޖަބްހަހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ޠައިބާ
  • އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • އަލް ގައިދާ އިން ދި އިސްލާމިކް މަޣްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް/ ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓް–ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނޭޝަނަލް ތައުހީދް ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ
  • ހައިއަތު ތަހްރީރު އަލް ޝާމް
  • ހުއްރާސް އައް ދީން

ހަނގުރާމަވެރި ސަރަހައްދުތައް:

  • ސީރިޔާގެ ހުރިހާ ސަރަޙައްދެއް

މި ލިސްޓުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައި ވާއިރު ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެކެވެ.