އެމްޕީއެލް ސަރަހައްދުގައި ހުރި ޓަޔަރުތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަފިއެވެ.

އެމްއެންޑީއެފުން ބުނީ އެމްޕީއެލް ސަރަހައްދުގައި ހުރި ޓަޔަރުތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ ޓީމުން އެސަރަހައްދަށް ދިޔަ އިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް އެނގިފައެއް ނުވެއެވެ.

ދާދި ފަހުން ގައުމީ ޔުނިވާސިޓީގެ ދަނާލު ކައިރިން، ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެކަމުގެ ރިޕޯޓު ލިބުމުން ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެ އެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

އެހާދިސާގައި ރޯވީ ކާރުގެ އިންޖީނުގައެވެ. ބޮޑަށް އަލިފާން ރޯވެ އެނދީ ވެސް ކާރުގެ ކުރިމަތީ ބައެވެ.