ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިންތަކުގެ ތެރެއިން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އާންމު ބޭނުމަށް ރުހުންދޭ ވެކްސިނެއް އޮންކެމެރާގައި ބޭނުން ކުރައްވާނެ ކަމުގެ ޔަގީންކަން، އެމެރިކާގެ ކުރީގެ ރައީސުން ކަމަށް ވާ ބަރާކް އޮބާމާ، ޖޯޖް ޑަބްލިއު ބުޝް އަދި ބިލް ކްލިންޓަން ދެއްވައިފިއެވެ.

މިއީ ކޮވިޑް-19ގެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ބަޔާންކޮށްދެއްވާ، އެކަމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ޕްރޮމޯޓް ކުރެއްވުމަށް މި 3 ލީޑަރުން އަޅުއްވާ ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ތާރީހު، އެންމެ ފަހުން ދުށް، އެންމެ ވަރުގަދަ 3 ލީޑަރުން އޮންކެމެރާގައި ވެކްސިން ބޭނުން ކުރެއްވުމަކީ، ވެކްސިނާ މެދު އާންމުންގެ އިތުރުބާރު އިތުރުކޮށްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ބުޝްގެ އާއިލާއަކީ، އާންމުން ހާސްކަމުގެ ތެރޭގައި ތިބޭ ދުވަސްވަރު، އާންމު ހާލަތަށް މަސްރަހު ރުޖޫއަ ކުރުމަށް، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެންނަވާ އާއިލާއެކެވެ. އެގޮތުން 2001 ވަނަ އަހަރުގެ ޓެރަރިސްޓް ހަމާލައަށްފަހު، ކޮމާޝަލް ވައިގެ އުދުހުންތަކަށް އާންމުން ޖެހިލުންވާ ގޮތް ވުމުން، ބުޝްގެ އާއިލާއިންވަނީ، ކޮމާޝަލް ފްލައިޓްތަކުގައި ދަތުރު ކުރައްވާފައެވެ.

ކޮވިޑް-19ގެ ވެކްސިންގެ ރައްކާތެރުކަން ކަށަވަރުކޮށްދެއްވުމަށް އެމެރިކާގެ 3 ރައީސުން އެންމެ ކުރީ ސަފަށް ނިކުމެ ވަޑައިގަންނަވާއިރު، އާންމު އުސޫލުން ވެކްސިން ދިނުމުގައި އިނގިރޭސިވިލާތުން ވަނީ އެމެރިކާ ވައްޓާލާފައެވެ. އެގޮތުން އިނގިރޭސިވިލާތުން މިހާރު ވަނީ ފައިޒާއާއި ބައޮއެންޓެކްގެ ކޮވިޑް-19 ވެކްސިނަށް ރުހުން ދީފައެވެ. އަންނަ ހަފުތާ ތެރޭގައި އެ ގައުމުގަިއ އާންމުކޮށް ވެކްސިން ދޭން ފަށާނެ ކަމަށް ހަބަރު ލިބެއެވެ.