ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ބައިނަލްއަގުވާމީ ފާމަސޫޓިކަލް ކުންފުނިތަކާއެކު ސައުދީ އަރަބިއްޔާއިންވެސް މަސައްކަތް ކުރަމުން އަންނަ ކަން، އެ ގައުމުގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް، އާދިލް އަލް-ޖުބައިރު ހާމަ ކުރައްވައިފިއެވެ.

އަލް-ޖުބައިރު ވިދާޅުވީ، ވެކްސިން ތަރައްގީ ކުރުމުގައި ސައުދީގެ އަމާޒަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އިންސާނީ ހަލޯރާރާތަށް، ކޮވިޑް-19އާ ދެކޮޅަށް ދިފާއު ހޯދާ ދިނުން ކަމަށެވެ. ނަމަވެސް، ވެކްސިން ތަރައްގީ ކުރުމާ ބެހޭ އިތުރު ތަފްސީލެއް އަލް-ޖުބައިރު ހާމަ ކުރައްވާފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާއިން ދަނީ ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން، އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ. ސައުދީއިން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ބައިނަލްއަގުވާމީ އިޖާބައަށްވެސް 500 މިލިއަން ޑޮލަރު ހަރަދު ކޮށްފައެވެ.

ދުވަސްތަކެއް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު ސައުދީ އިން މިހާރު ވަނީ ބިދޭސީ އުމްރާވެރިންނަށްވެސް ގައުމު ހުޅުވާލާފައެވެ.