8 ކުދިން މަރާއި، އިތުރު 10 ކުދިން މަރާލަން އުޅުނު އިނގިރޭސިވިލާތުގެ ނަރުހަކާ ދެކޮލަށް، ޗެސްޓާގެ ފުލުހުން ދައުވާ އުފުލައިފިއެވެ.

އުމުރުން 30 އަހަރުގެ ލޫސީ ލެޓްބީ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރު ކުރީ، 2015 ވަނަ އަހަރުގެ ޖޫން އިން 2016 ވަނަ އަހަރުގެ ޖޫން މަހާ ދެމެދު ތުއްތު ކުދިން މަރުވި މިންވަރު އިތުރުވުމާ، ކައުންޓަސް ޗެސްޓާ ހޮސްޕިޓަލުގެ ނިއޯނޭޓަލް ޔުނިޓްގައި ފަރުވާ ދެމުންދާ ތުއްތު ކުދިން، ގަސްތުގައި ވައްޓާލާ މައްސަލާގައެވެ.

ހޮސްޕިޓަަލަކަށް އަލަށް އުފަންވި ކުދިންގެ ތެރެއިން އާދަޔާ ހިލާފަށް ބިޔަ ތުއްތު ކުއްޖެއް/ފޮޓޯ: އެންވައިޕީ

ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ތަހުގީގަށް ހާމަވި ގޮތުގައި، ދުވަސް ނުފުރާ ވިހާފައިވާ ކުދިން މަރުވަމުން ދިޔައީ ހިތާއި ފުއްޕާމޭ ފެއިލްވެގެންނެވެ. އޭރު ލޫސީ ލެޓްބީގެ ރައްޓެހިންނާއި އާއިލާއިން ބުނަމުން ދިޔައީ އޭނާއަކީ، ތަފާތު ގޮތެއް ހުންނަ، އެހެން ނަމަވެސް ހިތްހެޔޮ މީހެއް ކަމަށާ، މިކަމުގައި ނަރުހުގެ ދައުރެއް ނެތް ކަމަށެވެ.

3 އަހަރު ދުވަހުގެ ދިގު ތަހުގީގަކަށް ފަހު، ލޫސީ ލެޓްބީއާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ ކޮންމެ ކޭހެއްގެ ދައުވާ ވަކިންނެވެ. މައްސަލަ ބަލަމުންދާ ވޮރިންގްޓަން މެޖިސްޓްރޭޓް ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރާ ގޮތަށް، ލޫސީ ލެޓްބީގެ ބަންދުގެ މުއްދަތު ޖަހާފައެވެ. މިއަދުވެސް އޭނާ ކޯޓަށް ހާޒިރު ކުރާނެއެވެ.