ބަންދު މުއްދަތު ޖަހާ މަޖިލިސް ކުރިއަށް ގެންދާ ގޮތް ބަލައި އެކަން ދިރާސާ ކުރަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ބާއްވާ މަޖިލިސް ތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުސޫލު ބަލަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ތާވަލު ކުރެވިފައިވާ ބަންދު މަޖިލިސް ތަކަށް ފަނޑިޔާރަށް ހާޒިރު ނުވެވޭ ހާލަތުގައި ދެން އަމަލު ކުރަމުންދާ އުސޫލު ވެސް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެ ނިންމުން ނިންމީ މިއަދު ބޭއްވި އެކޮމިޝަންގެ 80 ވަނަ ބައްދަލްވުމުގައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ނަމަވެސް އެ ދިރާސާ ކުރުމުގެ މަގުސަދަކީ ކޮބައިކަން އެ ކޮމިޝަނުން ހާމަކޮށްފައިނުވެއެވެ.