ނެތި ދިއުމުގެ ބިރާ ކުރިމަތިވެފައިވާ ދުނިޔޭގެ އެންމެ ބޮޑު ފަރު، ނުވަތަ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ އުތުރުކޮޅުން، މާ ސިންގާ ފަރެއް އުފެދިފައި ވާތީ ފެނިއްޖެއެވެ.
ސައެންސްވެރިން ބުނާ ގޮތުގައި، މިއީ ފާއިތުވީ 120 އަހަރު ތެރޭގައިވެސް ފެނިފައި ނުވާފަދަ ފަރެކެވެ.
ފަރުގައި މުރަކަ ހެދިފައި ވާ ގޮތުން، އުސް މިނުގައި 500 މީޓަރު ހުންނަ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އެމެރިކާގެ އެމްޕަޔާ ސްޓޭޓް ބިލްޑިންގް ނުވަތަ ދިވެހިންނަށް ފަރިތަ މެލޭޝިއާގެ މަޝްހޫރު ޕެޓްރޮނާސް ޓްވިން ޓަވަރަށް ވުރެ އުސް މިނެކެވެ.
12 މަސް ދުވަހުގެ މިޝަންއެއްގައި އުޅޭ ސައެންސްވެރިންގެ ޓީމަކަށް މި ބިޔަ ފަރު ފެނިފައި ވަނީ ހުސްވި ހަފުތާ ތެރޭގައެވެ. މި ފަރު އޮތީ ގްރޭޓް ބެރިއާ ރީފް އިން ވަކިވެފައި ވަކަމަށް މައުލޫމާތު ލިބެއެވެ.
ޝްމިޓް އޯޝަން އިންސްޓިޓިއުޓް (އެސްއޯއައި)ގެ ބޯޓެއްގައި ހަރަކާތްތެރިވަމުންދާ ޓީމުން މި ފަރު ހޯދީ، ފެނު އަޑީގައި އޮޕަރޭޓް ކުރާ ރޮބޮޓް ބޭނުން ކޮށްގެން ކަމަށްވާއިރު، މި މަންޒަރުތައް ޔޫޓިއުބްގައި ވެސް ވަނީ ހިއްސާކޮށްފައެވެ.
ސައެންސްވެރިން މިހާރު ދަނީ ފަރު އޮތް ސަރަހައްދުގެ ކަނޑުގެ ސަތަހައިގެ ޗާޓު ކުރަހަމުންނެވެ. ސައެންސްވެރިން ދަނީ، އަލަށް މި ފެނުނު ފަރަކީ، ގްރޭޓް ބެރިއާ ރީފްގެ ދިރުންތަކާ ކިހާ ވަރެއްގެ ގުޅުމެއް އޮތް ފަރެއްތޯ ބެލުމުގެ ދިރާސާތައް ކުރަމުންނެވެ.
ގްރޭޓް ބެރިއާ ރީފްއަކީ ޔުނެސްކޯއިން، ދުނިޔޭގެ ތަރިކައިގެ ގޮތުގައި ބަލައިގެންފައިވާ ސަރަހައްދެކެވެ. ގްރޭޓް ބެރިއާ ރީފްގައި 1500 އަށް ވުރެ ގިނަ ބާވަތުގެ މަސްމަހާމެހި އުޅޭ އިރު، 411 ބާވަތެއްގެ ހަރު މުރަކައާއި އެހެން ޒާތްޒާތުގެ ދިރުންތައްވެސް އެ ސަރަހައްދުގައި އުޅެއެވެ. ނަމަވެސް މި ސަރަހައްދަށް މިހާރު ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
1995 ވަނަ އަހަރުން ފަށައިގެން، ގްރޭޓް ބެރިއާ ރީފްގެ މުރަކަތަކުން 2 ބައިކުޅަ 1 ބައި މުރަކަ މަރުވެފައި ވާ ކަމަށް ބުނާ ދިރާސާއެއް، ސެޕްޓެމްބަރު މަހު ވަނީ އާންމު ކޮށްފައެވެ. ގްރޭޓް ބެރިއާ ރީފަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށް ބުނެވެއެވެ.
ހުޅުމާލެ ފަރުގަވެސް އެބަހުރި އެއްހާސް މީޓަރަށް ވުރެ އުސްކޮށް
ތިއައީ އަޖައިބު ވާނަ ޖެހޭ ކަމެއް ނޫން ކޮޅުވާރެޔާފުށި ފަރުގަ ވެސް އެބަހުރި 520 މީޓަރު