ބ. އޭދަފުށިން މީހަކު ކޮވިޑް 19އަށް ޕްޒޮޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް އެޗްއީއޯސީން އިން އެކަން ކަށަވަރު ކޮށްދީފައި ވާއިރު އެމީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައި އެއީ އޭދަފުށީ ޕޮލިސްޓޭޝަނަށް މާލެއިން ބަދަލުވި ފުލުހެކެވެ.

މީގެ ކުރިން ވެސް އޭދަފުށިން ކޮވިޑް ކޭސްތައް ފެނިފައި ވާއިރު މިއީ އެރަށުން ކޮވިޑް-19 ޖެހުނު 12 ވަނަ މީހާއެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި 41 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،154 އަށް އަރާފައެވެ. އިއްޔެ ބަލިން ރަނގަޅުވި 64 މީހުންނާ އެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9995 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 49 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 384 މީހުންނެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 35 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައެވެ. އަދި 19 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 15 ފަތުރުވެރިންނާއި 25 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވް ވެފައެވެ.