ގިނަ ދުވަހަށް ދެމި ހުންނާނެ ހެން ހަލާކު ނުވާ ގޮތް ހަދާފައިވާ 59 ސަންދޯކެއް ފެނި، މީޑިއާގެ ހާޒިރުގައި ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓެއްގައި މި ސަންދޯއްތައް ދައްކާލި މިސްރުން، އަދިވެސް މިފަދަ އިތުރު ސަންދޯއްތަކެއް ފެނިދާނެ ކަމަށް، އެގައުމުގެ އާސާރުތަކާ ބެހޭ ވަޒީރު ޚާލިދު އަލް-އަނާނީ ވިދާޅުވެއްޖެއެވެ.

މިސްރުން އެންމެ ފަހުން މި ދައްކާލި ސަންދޯއްތަކުގެ ތެރެއިން އެއް ސަންދޯއް ހުޅުވައިގެން މީޑިއާއަށް ދައްކާލާފައިވާއިރު، އޭގައ އޮތީ، ކުނި ނުވާ ގޮތަށް "ޕްރިޒާވް" ކޮށްފައިވާ ގަބުރެކެވެ. ގަބުރު ވަޅުލި ދުވަސްވަރު، މީހުން ކަފުން ކުރުމަށް ބޭނުން ކުރާ ޒާތުގެ ފޮތިން ބަނދެފައިވާ އެ ގަބުރަކީ 2500 އެއްހާ އަހަރުވީ ގަބުރެއް ކަމަށް ބެލެވެއެވެ.

މި ސަންދޯއްތައް ފެނިފައިވަނީ ތަރީހާއި ތަރިކައާއި ބެހޭ އދގެ އިދާރާ (ޔުނެސްކޯ)ގެ ހެރިޓޭޖް ސައިޓެއް ކަމަށްވާ ސައްގާރާގެ ގަބުރުސްތާނު ސަރަހައްދުންނެވެ. މި ސަންދޯއްތަކުގެ ތެރެއިން ފުރަތަމަ 13 ސަންދޯއް ފެނުނީ މިޣެ ހަފުތާތަކެއް ކުރިންނެވެ.

ކަން މިހެން އޮތްއިރު، 4700 އަހަރު ވީ އަހުރާމް ހިމެނޭ ސަރަހައްދުން ތަންކޮޅެއް ފުނަށް ކޮނެގެން އަދިވެސް އިތުރު ސަންދޯއްތަކެއް ފެނުމުގެ ފުރުސަތު އެބައޮތް ކަން، މިސްރުގެ ތަރިކައާ ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިހާތަނަށް ފެނިފައިވާ 59 ސަންދޯއްވެސް ގެންދާނީ، މިސްރުން ހުޅުވުމަށް ތައްޔާރުވަމުންދާ ބޮޑު ދާރުލުންއާސާރަށް ކަމަށް ޚަބަރު ލިބެއެވެ.