ބޮލީވުޑްގެ ސިނާއަތް ދުށް އެންމެ ކާމިޔާބު ބަތޮލުންގެ ގޮތުގައި ފާހަގަކުރެވޭ ރާޖް ކަޕޫރާއި ދިލިޕް ކުމާރުގެ މުސްކުޅި ގެ ގަތުމަށް، ޕާކިސްތާނުގެ ހައިބަރު ޕަހްތުންހަވާ ޕްރޮވިންސްގެ ސަރުކާރުން ނިންމައިފިއެވެ.

މި އިމާރާތްތައް ގަތުމަށް ޕާކިސްތާނުގެ ހައިބަރު ޕަހްތުންހަވާ ޕްރޮވިންސްގެ ސަރުކާރުން ނިންމާފައިވަނީ، ވީރާނެވެ ހަލާކުވަމުން ދިއުމުގެ ސަބަބުން ސުންނާފަތިކޮށްލުމުގެ ނުރައްކަލާ ކުރިމަތިވެފައި އޮތުމުގެ ސަބަބުން، މި ފަދަ ތާރީހީ ބިނާތަކެއް ނެތިކޮށްލަން ބޭނުން ނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު ކުރިއަށް ދަނީ އިމާރާތްތައް އަގުކުރުމުގެ މަސައްކަތް ކަމަށް ޚަބަރު ލިބެއެވެ.

ޕެޝާވަރު ސިޓީގެ މުހިންމު ހިސާބެއްގައި ހުރި މި 2 އިމާރާތަކީ މިހާރު ޕާކިސްތާނުގެ ގައުމީ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ އިމާރާތްތަކެކެވެ. ޕާކިސްތާނުގެ ހައިބަރު ޕަހްތުންހަވާ ޕްރޮވިންސްގެ އާކިއޮލޮޖީ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ ޢަބްދުއްސޮމަދު ހާން ވިދާޅުވީ، މި އިމާރާތްތަކަކީ ޕާކިސްތާނާ އިންޑިއާ ދެބައި ކުރުމުގެ ކުރިން، އެ ތަރިންގެ ޅަ އުމުރުގެ ދުވަސްތައް ހޭދަކުރި މުހިންމު އިމާރާތްތަކެއް ކަމަށެވެ.

ރާޖް ކަޕޫރުގެ ގެ ނުވަތަ "ކަޕޫރު ހަވޭލީ" ހުންނަނީ ގިއްސާ ހަވާނީ ބާޒާރު ސަރަހައްދުގައެވެ. 1918-1922 ވަނަ އަހަރާ ދެމެދު، މި އިމާރާތް ބިނާ ކުރީ، ރާޖް ކަޕޫރުގެ ކާފަ، ދީވާން ބަހޭޝްވަރުނާތު ކަޕޫރު ކަމަށް މައުލޫމާތު ލިބެއެވެ. ރާޖު ކަޕޫރު އުފަންވީވެސް މި އިމާރާތުގައެވެ. ދިލިޕް ކުމާރުގެ ގެވެސް ހުންނަނީ މި ސަރަހައްދުގައެވެ.