މަހަށް ގޮސް އުޅެނިކޮށް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކ.ދިއްފުށި ކަނދުފަތީގެ އިރުން 26 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "އަޒުމް" ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެެއްގެ ލޮލަށް ބުޅިއެއް ހެރިގެން ރިޕޯޓު ކޮށްފައިވާކަމަށެވެ.

އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓް ގާޑު ސްކޯޑަން އިން އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 16:20 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ ކުރިން ވެސް މަސްވެރިކަމަށް ނިކުމެ އުޅޭ މީހުންގެ ލޮލަށް ބުޅި ހެރިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.