ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދުގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނެ އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ތަހުގީގު ކުރުމަށް މައްސަލައެއް ގޮތެއް ނިންމާ ކޮމިޓީއިން ނިންމުމާ ގުޅިގެން ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެގޮތުން މިމަހު ނުވަ ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ މި އަހަރުގެ 65 ވަނަ ބައްދަލުވުމުގައި އެމައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނި ބުނެފައެވެ.