އަވަށްޓެރި އިންޑިއާގައި އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖު ރޭޕްކޮށް މަރާލި މައްސަލާގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.

މަރާލާފައި އޮތް ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އުއްދަނޑި ފީންޏެއްގެ ތެރެއިން ކަމަށް އުއްތަރަ ޕްރަދޭޝްގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. ކުއްޖާ ފެނުނުއިރު އޭނާގެ ލޯކޮނެ، ދޫ ބުރި ކޮށްލާފައިވާކަމަށް އެ ކުއްޖާގެ ބައްޕަ ދެއްކި ވާހަކަތައް، ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ރޭޕްގެ މި ޖަރީމާ ހިންގާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ޚަބަރު ލިބެއެވެ. 13 އަހަރުގެ އަންހެން ކުއްޖާ ގެއްލިގެން، އާއިލާއިން އެ ކުއްޖާ ހޯދަން ފެށީ ފާހާނާ ކުރުމަށް ބޭރަށް ދިޔަ ގޮތަށް ޚަބަރެއް ނުވެ، ލަސްވެގެންނެވެ.

ޕޯސްޓްމޯޓަން ރިޕޯޓާ ހަވާލާދީ ފުލުހުން ބުނީ ކުއްޖާ މަރާލާފައިވަނީ ރޭޕުކުރުމަށްފަހު، ހާސްކޮށްލައިގެން ކަމަށެވެ. ކުއްޖާގެ ލޯކައިރީގައި ހުރި ޒަހަމަކީ، އުއްދަނޑި ފީނީގެ ތޫނު ފަތްތަކުން ލިބުނު ޒަހަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ، މަރާލާފައިވާ އަންހެން ކުއްޖާގެ 2 އަވަށްޓެރިއެކެވެ.

13 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލަ ފެންމަތިވެފައި މިވަނީ، އުމުރުން އެންމެ 6 އަހަރުގެ ކުއްޖެއްގެ ރޭޕްގެ ވާހަކަ އާންމުވެފައި ވަނިކޮށެވެ. އެޖުއްޖާ ރޭޕް ކުރި މީހާ ވަނީ އެކުއްޖާގެ ލޮލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ރޭޕް ކުރި މީހާ އެކަން ކުރީ، އެއީ ކާކުކަން ބުނެ ނުދެވޭވަރު ކުރުމަށް ކަމަށް ޚަބަރު ލިބެއެވެ.