އެކިއެކި ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްގެން ދެ މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މިރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެއިދާރާ އިން ކުރާ މަސައްކަތުގެ ތެރެއިން 169.3 މިލިއަން ރުފިޔާ މިހާރު ހޯދާފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން ދެ މިލިއަން ރުފިޔާ ހޯދާފައިވަނީ ބޭންކް އެކައުންޓް ފްރީޒްކޮށްގެން ކަމަށް އެއިދާރައިން ބުނެއެވެ. އޭގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅައިގެން 6000 ރުފިޔާ ހޯދާފައިވާ ކަމަށާއި ޑިއުސް ކްލިޔަރެންސް ޕޮލިސީގެ ދަށުން 31.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަމަށް އެއިދާރައިން ބުނެއެވެ.

މީރާ އިންއިތުރަށް ބުނީ ރިމައިންޑާ ކޯލްސް އަދި އީމެއިލްސް މެދުވެރިކޮށް ހޯދި 71.2 މިލިއަން ރުފިޔާ އާއި މީރާ އެރިއާސް މެދުވެރިކޮށް 155،174 ރުފިޔާ އަދި ޑަނިން ޕޮލިސީގެ ދަށުން 61.1 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން މާޗް މަހުގެ ނިޔަލަށް 4.35 ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައެވެ.