ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފައިންނާއި ފުލުހުން ހިމެނޭ ގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ރައީސް ސޯލިހް ފުލުހުންނާ ބައްދަލު ކުރައްވަން މިއަދު ހަވީރަށް ތާވަލުކޮށްފައި ވާއިރު، ސިފައިންނާ ބައްދަލު ކުރައްވާނީ މިރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ކޮވިޑް-19 މާލޭގައި ފެތުރުމާއެކު ސިފައިންނާއި ފުލުހުން ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރައީސް ސޯލިހު ބާއްވަވާ ބައްދަލު ކުރެއްވުމެކެވެ.
ރައީސް ސޯލިހު ފުލުހުންނާ މިއަދު ހަވީރު ބައްދަލު ކުރައްވާ އިރު ރައްޔިތުންގެ މަޖިލީހުން ގެންދަނީ ފުލުހުންގެ ބިލެއް ދިރާސާ ކުރަމުންނެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ބައެއް މެންބަރުން ވަނީ އެ ބިލަށް ބަހުސް ކުރައްވަމުން ފުލުހުންނަށް ބޮޑެތި ބާރުތައް ދިނުމާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާފައެވެ. އަދި ފުލުހުންގެ ވަޒީފާ އަށް ވައްދަނީ ނުކިޔަވާ ތިބޭ މީހުން ކަމަށާއި ފުލުހުންގެ ކިބައިގައި އެއްވެސް އަހުލާގެއް ނެތް ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފުލުހުންގެ ޔުނީފޯމު ބަދަލުކޮށް ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދާ ގޮތަށް ވެސް ވަރަށް ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.
ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަވާފައި ވާތީ ސޯޝަލް މީޑިއާގައި ފުލުހުންގެ ދިފާއުގައި ފުލުހުންގެ އާއިލާތަކާއި ފުލުހުންގެ ހިދުމަތް ބަލައިގަންނަ އެތައް ބަޔަކު ވަނީ ނިކުމެފައެވެ.
ހަމައެހެންމެ ސަލާމަތީ ބާރުތަކުގެ ހިންގުން ބަދަލުކޮށް، އިސްލާހުކުރުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
ކީއް ކުރަން ބައްދަލު ކުރަނީ. ކޮއް ކޯފުޅަ ކާއި ދެޅިއަނުންނާ ހެދި މުރަނަ އަޑުފައްގަޑެއް އިވެން ފެށީތޯ. އެހެރީ ވެރިކކ ކަން ހޯދަން އުޅުނު އިރު 1 އަހަރު ތެރޭ ނިންމަން ބުނި ވަހީދުބެގެ ފްލެޓްބަރި. ހަމަހުރި ގޮތައް. އެމްސީ ހަމީދު އެދަނީ ކޮންޓްރ އަތުން ލާރި ނަގާ ދިރުވަމުން. މިސަރުކާރުން އެ ކަހަލަ އެއްވެސް މަސްރޫއެއް ނުފެށޭތާ ނިންމުމުގެ ގާބިލް ކަން ވެސް ނެތީ