އިންގްލިޝް ޕްރިިމިއާ ލީގުގައި ރޭ ވުލްވްސްހެމްޓަންއާ އާސަނަލް ބައްދަލުކުރި މެޗު 2-0 އަކުން އާސަނަލް މޮޅުވެއްޖެއެވެ.
މި މެޗުގައި އާސަނަލްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ކުޅުންތެރިޔާ ބުކަޔަ ސާކޯއެވެ. މިއީ އޭނާ ލީގުގައި އާސަނަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ ފަހުން ވާހަކަ ދައްކަވަމުން ސާކޯ ބުނީ މި ހަފްތާއަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގެ އެންމެ އުފާވެރި ހަފްތާ ކަމަށާ ޓީމަށް ފުރަތަމަ ލަނޑު ޖަހާ ދިނުމުގެ އިތުރުން ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
މެޗުގައި އާސަނަލް އަށް ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ފަރަންސޭސި ފޯވަޑް އެލެގްޒޭންޑަރ ލަކަޒެޓްއެވެ. މިމޮޅާއެކު ޖެހިިޖެހިގެން ހަތަރު މެޗުން މޮޅުވި ނަމަވެސް އާސަނަލް އަދި އޮތީ ލީގުގެ ހަތް ވަނައިގައެވެ.
ލީގު އަލުން ފެށިފަހުން ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އައި ވުލްވްސްއަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައި ނުވާ އިރު މާގިނަ ފުރުސަތުތަކެއް ވެސް ހެދިފައެއް ނުވެއެވެ. ތާވާލުގައި ވުލްވްސްއާ އެންމެ ގާތުން އޮތް މެންޗެސްޓާއާ، ލެސްޓާ އަދި ޗެލްސީ ވެސް ރޭ ކުޅުނު މެޗުތަކުން މޮޅުވުމާއެކު ގަދަ ހަތަރަކުން ޖާގަ އެއް ލިބުމުގެ ފުރުސަތު ވުލްވްސް މިވަނީ ހަނިވެފައި. ވުލްވްސް އޮތީ މިހާރު އޮތީ ފަންސާސް ދެ ޕޮއިންޓާއެކު ތާވަލުގައި ހަ ވަނައިގައެވެ. ފަސްވަނައިގައި އޮތް މެންޗެސްޓާއާ އެޓީމާ ދެމެދު ތިން ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.