ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބްއެވެ.
މިއަދު ސޮއިކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރަށު ރައްޔިތުންނަށް ބޯހިޔަވަހިކަމަށް ގޯތިގެދޮރު އިމާރާތް ކުރުމަށާއި އިގްތިސާދީ އަދި ސިނާއީ މަސައްކަތްތަކަށް ޖާގަ ތަނަވަސް ބޮޑު ބިމެއް ލިބިގެން ދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުނ،ް ރަށް ގިރުމުގެ މައްސަލައަކީ މިހާރު ރައްޔިތުން ތަހައްމަލު ކުރަމުންދާ އުނދަގޫ މައްސަލައެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކ،ު ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ
މި މަޝްރޫއުގެ ދަށުނ،ް 7 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 619 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއަކީ 82.64 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
450 މީހުންގެ އާބާދީއެއް އޮންނަ ނައިވާދޫ އަކީ ފަތުރުވެރިކަމާއި ގެސްޓް ހައުސް ވިޔަފާރީގައި ގިނަ ރައްޔިތުންތަކެއް ހަރަކާތްތެރިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.