ހދ. ފިނޭ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ 623 މީހުންގެ އާބާދީއެއް ދިރިއުޅޭ ފިނޭގައި ފެށިގެންދާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޕޮލިސް ޕޯސްޓަކީ ރަށުގެ އަމަން އަމާންކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެކަން ފާހަގަކޮށް އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 1,600 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް ޕޯސްޓެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ގާއިމުކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ ފިނޭ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ފިނޭގައި މިއަދު ޕޮލިސް ޕޯސްޓުގެ އިތުރުން އޭޓީއެމްގެ ހިދުމަތްވެސް ވަނީ ފަށާފައެވެ. މިރަށުގައި އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އޭޓީއެމުން ފައިސާވެސް ނަންގަވާފައެވެ. އަދި އޭޓީއެމްގެ ހިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާވެސް ވަނީ ހަވާލުުރައްވާފައެވެ.