ބީފް ނުވަތަ ގެރި މަހަކީ ދިވެހިންގެ ކެއުމުގައިވެސް ބޭނުން ކުރާ ބާވަތެކެވެ. ހާއްސަކޮށް ޕާޓީ ހަފްލާ ތަކާއި ބޮޑެތި އެއްވުންތަކުގައި ބޭނުން ކޮށް އުޅެއެވެ.
މިއަދަކީ ހުކުރު ދުވަހަށް ވެފައި މި ރެސިޕީއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ނުވަތަ ރޯދަ ވީއްލުމަށް ބަތާއެކު ކެއުމަށް ރަނގަޅު ރެސިޕީއަކަށް ވާނެއެވެ.
ބީފް މެރިނޭޓް ކުރަން ބޭނުންވާ ތަކެތި:
- 455 ގްރާމް ބީފް (3 މިލިމީޓަރަށް ފޮއްޗަށް ކޮށާފަ)
- 2 ސައިސަމްސަލުގެ ސޯޔާ ސޯސް
- 1 ސައިސަމަސަލުގެ އޮއިސްޓާ ސޯސް
- 1/3 ޖޯޑުގެ ތެޔޮ
ބީފް ތައްޔާރުކުރަން ބޭނުންވާ ތަކެތި:
- 3 މޭޒުމަތީ ސަމްސަލުގެ ތެޔޮ
- 1/4 ޖޯޑުގެ ކޯންފްލާ
ބީފްގެ ސޯސް ހެދުމަށް ބޭނުންވާ ތަކެތި:
- 1 ސައިސަމްސަލުގެ އިނގުރު (މުގުރާފަ)
- 1 ސައިސަމްސަލުގެ ލޮނުމެދު (މުގުރާފަ)
- 1/4 ޖޯޑުގެ ސޯޔާސޯސް
- 1 ސައިސަމްސަލުގެ ދިރި
- 1 ސައިސަމްސަލުގެ އަސޭމިރުސް
- 3 ސައިސަމަސަލުގެ އޮއިސްޓާ ސޯސް
- 1/2 މޭޒުމަތީ ސަމްސަލުގެ ހިކިމިރުސް (މުގުރާފަ)
- 1، 1/2 ސައިސަމްސަލުގެ ހަކުރު
- 1 މޭޒުމަތީ ސަމްސަލުގެ ކޯންފްލާ (1/4 ޖޯޑުގެ ފެނާ އެއްކޮށްފަ)
ކްރިސްޕީ މޮންގޯލިއަން ބީފް ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބީފް މެރިނޭޓް ކުރުމަށް ބޯތަށްޓަކަށް ސޯޔާ ސޯސް އާއި އޮއިސްޓާ ސޯސް އަޅާ އެއްކޮށްލާށެވެ. އަތުން ރަނގަޅަށް އެއްކޮށްލުމަށް ފަހު ކޮށާފައި ހުރި ބީފް ކޮޅު އަޅާ ސޯސްގަނޑު ހޭކޭނެހެން އެއްކޮށްލާށެވެ. އެއްވުމުން ތަށީގައި މައްޗެއް ޖަހާ 30 މިނެޓް ވަންދެން ބަހައްޓާލާށެވެ.
30 މިނެޓް ވުމުން ތަށްޓަކަށް ކޯންފްލާ އަޅާ ފަހަރަކު ފޮއްޗަކުން ދެފަޅީގައި ލުމަށްފަހު އިތުރު ތަށްޓަކަށް ލާށެވެ. އެއަށްފަހު އުނދުން މައްޗަށް ތަވާއަކަށް ތެޔޮ އަޅާ، ގަދަ ގިނީގައި ތެޔޮގަނޑު ހޫނުވުމުން ދުރުދުރުގައި ހުންނާނެހެން އަތުރާލާށެވެ. އެތުރުމަށްފަހު ގިނި މަޑުކޮށްލާ ކޮންމެ ބީފް ފޮތީގެ އެއް ފުށެއް 3 މިނެޓް ވަންދެން ފިހެލާށެވެ. އަދި އަނެއްފުއް 30 ސިކުންތު ވަންދެން ފިހެލާށެވެ. ނުވަތަ ގަދަ މުށިކުލަ އަރާވަރަށް ފިހެލާށެވެ. މިގޮތަށް ތަވާއަށް އެޅޭވަރަށް ހުރިހާ ބީފްތަކެއް ތެލުލާށެވެ.
އިތުރު ޕޭން އަކަށް 3 ސަމްސަލުގެ ތެޔޮ އަޅާށެވެ. އޭގެ ތެރެއަށް އިނގުރާއި ލޮނުމެދާއި އަޅާ ތެޔޮކޮޅުގައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް ދިރި އާއި އަސޭމިރުހާއި ހިކިމިރުހާއި ހަކުރު ކޮޅު އަޅާ އެއްކޮށްލާށެވެ. އޭގެ ތެރެއަށް ސޯޔާސޯސް އާއި އޮއިސްޓާ ސޯސް އަޅާ އެއްކޮށްލާ ކޯންފްލާ (ފެނުގައި އެއްކޮށްފައި ހުރި) އަޅާލާ ކުޑަކޮށް ކައްކާލާށެވެ. އެއަށްފަހު ބީފްކޮޅު އަޅާ އެއްކޮށްލާ ރަހަ ބަލާލުމަަށަފަހު ޕޭން އުނދުން މަތިން ނަގާށެވެ.