މިލްކް ކޭކަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ކޭކެކެވެ. އާންމު ގޮތެއްގައި މިލްކް ކޭކް ބޭނުން ކުރަނީ ޕާޓީ ފަދަ ކަންކަމަށް ކޭކް އެޅުމަށް ބޭނުން ކުރާ ފަރާތްތަކެވެ.
ނަމަވެސް މި ރެސިޕީއަކީ މި ރޯދަމަހު އާއިލާއާ އެކު ގޭގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ މި ފުރުސަތުގައި ފޮނި އެއްޗެއް ނުވަތަ ރޯދަ ވީއްލުމަށް ޑެޒާޓެއް ހަދާލުމަށް ރަނގަޅުވާނެ ރެސިޕީއަކަށް ވާނެއެވެ.
ބޭނުންވާ ތަކެތި:
- 2 ބިހުގެ ގޮބޮޅި (ރީނދޫބައި)
- 4 ބިހުގެ ހުދުބައި
- 120 ގްރާމްގެ ހަކުރު (އެއީ 1 ޖޯޑާއި 2 މޭޒުމަތީ ސަމްސާ)
- 119 ގްރާމްގެ ކިރު (އެއީ 7 މޭޒުމަތީ ސަމްސާ)
- 100 ގްރާމްގެ ފުށް (އެއީ 3/4 ޖޯޑު)
- 2 މޭޒުމަތީ ސަމްސަލުގެ ކޯންސްޓާޗް (ޒުވާރި ފުއް)
- 1 މޭޒުމަތީ ސަމްސަލުގެ ބޭކިން ޕައުޑާ
- 45 ގްރާމްގެ ބަޓާ (އެއީ 3 މޭޒުމަތީ ސަމްސާ)
- 1 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
- ބޭނުން ނަމަ ލޮނު ކޮޅެއް (ދެއިނގިލިކުރިން ނެގޭވަރުގެ)
މިލްކް ކްރީމް ލޭޔާ އަށް ބޭނުންވާ ތަކެތި:
- 350 ގްރާމްގެ ވިޕިން ކްރީމް (ފިނިކޮށް، އެއީ 1،1/2 ޖޯޑާއި 1 މޭޒުމަތީ ސަމްސާ)
- 150 ގްރާމްގެ ގެރިކިރު (5.5 އައުންސް)
- 1 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
- ބޭނުން ނަމަ ލޮނު ކޮޅެއް (ދެއިނގިލިކުރިން ނެގޭވަރުގެ)
ތައްޔާރުކުރާނެ ގޮތް:
ބޯތަށްޓަކަށް ބިހުގެ ހުދުބައި އަޅާ ފޯމް ގޮތަށް ހުދުކުލަ އަރަންދެން ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ) އޭގެ ތެރެއަށް ހަކުރު އެތިކޮޅުކޮޅުން އަޅާށެވެ. ހަކުރު އަޅާނީ 4 ބުރުން އެޅޭ ވަރަށެވެ. އެއަށްފަހު ހަކުރުތަށް ރަނގަޅަށް ގިރެންދެން އެއްކޮށްލާށެވެ. ބިހާ އެއްވެ ރަނގަޅަށް ވިޕް ވަންދެން މިކްސް ކޮށްލާށެވެ.
އިތުރު ބޯތަށްޓަކަށް ބިހުގެ ރީނދޫ ބަޔާއި ކިރު އަޅާ ކުރިން ގިރި ގޮތަށް އެއްކޮށް ގިރާލާށެވެ. ރަނގަޅަށް އެއްވުމުން ފުށާއި ބޭކިން ޕައުޑާ އަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮލާށެވެ. އޭގެ ތެރެއަށް ކޯންސްޓާޗް ނުވަތަ ޒުވާރި ފުއް އަޅާށެވެ. (ކޯންސްޓާޗް އަޅާނީ ކުޑަ ކިރުކޮޅެއްގެ ތެރޭގައި ރަނގަށް އެއްކޮށްލުމަށް ފަހުއެވެ.) އެއަށްފަހު ދޭފަތަކުން ނުވަތަ ސަމްސަލަކުން އެއްކޮށްލާށެވެ.
އެއްވުމުން ކުރިން ތައްޔާރުކުރި ކްރީމާއި އެއްކޮލާށެވެ. ސަމްސަލަކުން އެއްކޮލާށެވެ. އެއަށްފަހު 2 ޓްރޭއެއްގައި ބޭކިން ޕޭޕާ ލުމަށްފަހު 2 ޓްރޭ ފިހަން ލާށެވެ. (ބޭނުންނަމަ އެއް ޓްރޭގައި ފިހުމަށް ފަހު މެދުން ހުރަހަށް ދެ ކޭކަށް ވާނެހެން ކޭކް ފޮތިކޮށްލާށެވެ.)
މިލްކް ކްރީމް ލޭޔާ ތައްޔާރު ކުރުމަށް ބޯތަށްޓަކަށް ވިޕިން ކްރީމާއި އެސެންސާއި ގެރިކިރު އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް ވިޕް ވަންދެން ގިރާލާށެވެ. ވިޕް ވުމުން އެއް ކޭކްގެ މަތީގައި ކޯން އަކުން ކްރީމް ލޭޔާއެއް އަޅާށެވެ. ބޯ މިނުގައި 1 އިންޗި ހުންނަ ވަރަށެވެ. ކްރީމް ގަނޑު އެއްވަރު ކޮށްލުމަށް ފަހު އޭގެ މަތީ ދެވަނަ ކޭކް ބާއްވާ އިތުރު ލޭޔާ އެއް 1 އިންޗި ވާ ވަރަށް ކްރީމް ލޭޔާއެއް އަޅާށެވެ. އޭރަށް އެ ތައްޔާރުވީއެވެ. (ޑެކަރޭޓް ކުރަން ބޭނުން ނަމަ ކައިރި އެއްވަރަށް ބޭނުން ޝޭޕަކަށް ކަފާލާށެވެ. އަދި މަތީގައި އެޅި ލޭޔާ އެއްވަރު ކޮށްލާށެވެ.)
ހާދަ ގިނަ ވެނީލާ އެސެންސް އަޅައެ. ޔަގީންތަ މޭޒުމަތީ ސަމުސާ ކަން?
ސުވީޱް ވިޕިންކްރީމްތަ؟