ޗީޒް ކޭކަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗަކަށް ވާއިރު، މި ޑެޒާޓް ހަދުމަށް ދާ ވަގުތު ގިނަވުމުން ގިނަ މީހުންނަށް ގޭގައި މިފަދަ އެއްޗެއް ތައްޔާރު ކޮށްލުމުގެ ބަދަލުގައި ކޮންމެވެސް ރެސްޓޯރެންޓަކުން ނުވަތަ ބޭކަރީ އަކުން ގަނެލަނީއެވެ. މި ރޯދަމަހު ގޭގައި ތިބެގެން މި ރެސިޕީ ރޯދަ ކުރުކުރުމުގެ ގޮތުން ތައްޔާރު ކޮށްލުމަށް ވެސް ރަނގަޅު ވާނެއެވެ.
ބޭނުންވާ ތަކެތި:
- 125 ގްރާމްގެ ބިސްކޯދު (ޕްލޭން ބިސްކަޓްސް)
- 1/4 ޖޯޑުގެ އަލްމޮންޑް (ހެފޭ ވަރަށް މުގުރާލާފަ)
- 80 ގުރާމްގެ ސޯލްޓެޑް ބަޓާ (މެލްޓް ކޮށްފަ)
- 500 ގުރާމްގެ ކްރީމް ޗީޒް
- 1/2 ޖޯޑުގެ އައިސިން ޝުގާ
- 300 ގުރާމްގެ ޗޮކްލެޓް ޓޮބްލަރޯން (މެލްޓް ކޮށްފަ)
- 1/2 ޖޯޑުގެ ވިޕިން ކްރީމް
ތައްޔާރު ކުރާނެ ގޮތް:
1. ބިސްކޯދުތަށް މިކްސްޗަރަށްލާ މުގުރާލާށެވެ. އޭގެ ތެރެއަށް އަލްމޮންޑާއި ބާޓާ އަޅާ 10 މިނެޓް ވަންދެން ރަނގަޅާށް އެއްކޮށްލާށެވެ. (ބޭނުން ނަމަ ޓޮބްލެރޯން އެއް މެލްޓް ކޮށްލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.) އެއަށްފަހު ތަށްޓަކަށް ނުވަތަ ޓްރޭއަކަށް 20 ސެންޓިމީޓަރަށް އެޅުމަށްފަހު 20 މިނެޓް ވަންދެން ފްރިޖަށްލާ ފިނިކޮށްލާށެވެ.
2. ތަށްޓަކަށް ކްރީމް ޗީޒް އާއި ބަޓާގެ އިތުރުން އައިސިން ޝުގާ އާއި ވެނީލާ އެސެންސް އެޅުމަށްފަހު ހޭންޑް މިކްސާ އަކުން ކްރީމް ޗީޒް އާއި ބަޓާ އެއްކޮށް މިކްސް ވަންދެން ގިރާލާށެވެ. ވަކި ބޯތަށްޓަކަށް ވިޕިން ކްރީމް އެޅުމަށްފަހު ހޭންޑް މިކްސާއިން ވިޕް ވަންދެން ވިޕްކުރާށެވެ. ވިޕިން ކްރީމް ރަނގަޅަށް ވިޕްވުމުން ކުރިން މިކްސްކުރި ކްރީމް ޗީޒް ގަނޑު ތެރެއަށް ވިޕްކުރި ކްރީމް އެޅުމަށްފަހު ސަމުސަލަކުން އެއްކޮށްލާށެވެ.
3. ފްރިޖަށްލީ ކްރަސްޓް 20 މިނެޓް ހަމަވުމުން ނެގުމަށްފަހު، ތައްޔާރުކުރި ކްރީމް ޗީޒް އޭގެ މަތީގައި ރީތިކޮށް ފަތުރާލާށެވެ. އެއަށްފަހު މައްޗަށް އިތުރު ލޭޔާއެއް ގޮތަށް (10 ސެންޓަި މީޓަރަށް) މެލްޓް ކުރި ޓޮބްލެރޯން އަޅާލާށެވެ. ދެން ޗީކް ކޭކް 30 މިނިޓް ވަންދެން ފްރިޖަށްލާ ފިނިކޮށްގެން ކެވިދާނެއެވެ.