ކްރޮކްޕޮޓް ޗޮކްލެޓް ލާވާ ކޭކަކީ ދުނިޔޭގައި މަގުބޫލު އެއްޗަކަށް ނުވި ނަމަވެސް ލާވާ ކޭކަކީ މަގުބޫލު އެއްޗެކެވެ. ރާއްޖޭގެ ރެސްޓޯރަންޓު ތަކުގައި އެންމެ ގިނަ ބަޔަކު ބޭނުކުރާ ފޮނި އެއްޗެހީގެ ތެރޭގައި ލާވާ ކޭކް ހިމެނެއެވެ. ޗޮކްލެޓް ލާވާ ކޭކަކީ މި ރޯދަމަހު ގޭގައި ތިބެ ހަދާލަން ވެސް މާ އުނދަގޫ އެއްޗަކަށް ނުވާނެއެވެ.

ބޭނުންވާ ތަކެތި:

  • 1 ފޮށި ޗޮކްލެޓް ކޭކް މިކްސް
  • 1 ފޮށި ޗޮކްލެޓް ޕުޑިން މިކްސް
  • 1 ޖޯޑާއި 1/4 ޖޯޑުގެ ކިރު
  • 1/2 ޖޯޑުގެ ތެޔޮ
  • 3 ބިސް
  • 1/2 ޖޯޑުގެ ސޯކްރީމް (ބޭނުންނަމަ)
  • 1 ސައިސަމްސަލުގެ ވެނީލާ އެސެންސް (ބޭނުންނަމަ)
  • 1/2 ޖޯޑުގެ ޗޮކްލެޓް ޗިޕްސް

ތައްޔާރުކުރާނެ ގޮތް:

ޗޮކްލެޓް ކޭކް މިކްސާއި ޗޮކްލެޓް ޕުޑިން މިކްސާއި ސޯކްރީމާއި ވެނީލާ އެސެންސާއި ތެލާއި ބިހާއި ކިރު އަޅާ ރަނގަޅަށް އެއްވާނެހެން އެއްކޮށްލާށެވެ. ކޭކް ފުއްގަނޑު ތައްޔާރު ވުމުން ޓްރޭ އަކަށް އަޅާ 2 ގަޑިއިރާއި ބައި ވަންދެން ކައްކާލާށެވެ. ކެއްކުމުގެ ކުރިން މަތީގައި ޗޮކްލެޓް ޗިޕްސް އަތުރާލާށެވެ.

ކްރޮކްޕޮޓް ޗޮކްލެޓް ލާވާ ކޭކް ތައްްޔާރު ކުރާނެ ގޮތް

ދެން އެހެރީ ތައްޔާރު ވެފައެވެ. ކޭކް ކެއުމަށް އައިސް ކްރީމާ އެކީ ސުފުރާ މައްޗައް ނެގިދާނެއެވެ.