ކޮރޮނާވައިރަސް އަށް އިތުރު 5 މީހަކު ޕޮޒިޓިވް ވެ ޖުމްލަ 790 އަށް އަރައިފިއެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންނާ ބިދޭސީންނެވެ. ނަމަވެސް އެޗްޕީއޭއާއި ކޮވިޑް ތަރުޖަމާނު އަދަދުތައް އާންމު ކުރާ ގޮތް ދިމާ ނުވާތީ، އޭގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝް ކިތައް މީހުން ކަމެއް ނުވަތަ ކިތައް ދިވެހިންނެއް ކަމެއް ނޭނގެއެވެ.

މިއަދަދާއެކު ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ މިވަނީ 790 އަށް އަރާފައެވެެ.

އިއްޔެ ރޭ ދަރުވާރު ގޭގައި ބޭއްވި ޕަރެސް ކޮންފަރެންސްގައި މަވްރޫރު ވަނީ 19 މީހަކު ޕޮޒިޓިވް ވެ ޖުމްލަ 785 އަށް އެރިކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދަންވަރު 2:23 ގައި އެޗްޕީއޭއިން ކުރި އިއުލާނުގައި 25 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް އޮތް ނަމަވެސް ޖުމްލަ އަދަދުގެ ގޮތުގައި އޮތީ 790 އެވެ. އެހެން ކަމުން މަބްރޫގެ އަދަދަށް އިތުރު ވީ 5 މީހުންނެވެ.

މަބްރޫކު އިއުލާން ކުރައްވާ އަދަދާއި، އެޗްޕީއޭގެ އަދަދާ ދިމާ ނުވާ މައްސަލައިގައި މަބްރޫކު ވިދާޅުވެފައި ވަނީ އެ ދެ އަދަދު ދިމާކުރެވޭނެ ގޮތެއް ބައްލަވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.