ޗޮކްލެޓް އެކްލެއާ ކޭކް

ބޭނުންވާ ތަކެތި:

  • 1 ޖޯޑާއި ¼ ޖޯޑުގެ ހަކުރު
  • 6 ސައިސަމްސަލުގެ ކޯންސަޓާޗް
  • 1 ސައިސަމްސަލުގެ ލޮނު
  • 5 ޖޯޑުގެ ކިރު (ފުލް ކްރީމް)
  • 4 ސައިސަމްސަލުގެ އަންސޯލްޓެޑް ބަޓާ (4 ފަޅިއަށް ފަޅިކޮށްފަ)
  • 5 ސައިސަމްސަލުގެ ވެނީލާ އެސެންސް
  • 1 ސައިސަމްސަލާއި ¼ ސައިސަމަސަލުގެ ޖެލެޓިން
  • 2 ސައިސަމްސަލުގެ ފެން
  • 2 ޖޯޑާއި ¾ ޖޯޑުގެ ހެވީ ކްރީމް
  • 14 ގުރާމްގެ ބިސްކޯދު
  • 1 ޖޯޑުގެ ޗޮކްލެޓް ޗިޕްސް
  • 5 ސައިސަމްސަލުގެ ކޯން ސިރަޕް

ތައްޔާރު ކުރާނެ ގޮތް:

1: ތެއްޔަކަށް ހަކުރާއި ކޯން ސްޓާޗާއި ލޮނުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކިރު އަޅާ ގަދަ ގިނީގައި ހާކާލާށެވެ. އެއަށް ފަހު މަޑު ގިނީގައި އޮލަވަންދެން ހާކާލާށެވެ. ރަނގަޅަށް ކެކި މަތީގައި ބޮކިޖަހަންދެން 4 ނުވަތަ 6 މިނެޓް ވަންދެން ކައްކާލަށެވެ. އެއަށް ފަހު މަޑު ގިނީގައި ވެނީލާ އެސެންސާއި ބަޓަރު ތައްޓަކަށް އަޅާ 2 ގަޑިއިރު ވަންދެން ފްރިޖެއްގައި ބަހައްޓާށެވެ.

2: ފެން ތައްޓަކަށް ޖެލެޓިން އެޅުމަށް ފަހު 5 މިންޓް ބަހައްޓާލާށެވެ. އެއަށް ފަހު 15 ނުވަތަ 30 ވަރަކަށް މިނެޓް އަވަނަށް ލާ ޖެލެޓިންތައް ގިރެންދެން ބަހައްޓާލާށެވެ. ވިޕިން ކްރީމް އަޅާ ރަނގަޅަށް ވިޕް ވަންދެން (ފޯމް ގޮތައް) ވަންދެން 1 މިނެޓް ނުވަތަ 3 މިނެޓަށް ގިރާލާށެވެ. މިގޮތަށް ގިރުމަށް ހޭންޑް މިކްސްޗަރެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗަރެއްވެސް ބޭނުން ކުރެވިދާނެއެވެ. އެއަށް ފަހު ވިޕް ކުރި ކްރީމްގެ ތެރެއަށް ޖެލެޓިން އަޅާ 1 މިނެޓް ވަންދެން ގިރާލާށެވެ.

3: ބިސްކޯދުތައް ރަނގަޅަށް ފުނޑުވާލުމަށް ފަހު ވިޕް ކުރި ކްރީމްގެ ތެރެއިން 1/3 އެއާ އެއްކޮށްލާށެވެ. އެއަށް ފަހު 9 އިންޗިއަށް ވާ ވަރަށް ޓްރޭއެއްގައި އަތުރާލާށެވެ. އަދި އޭގެ މައްޗަށް ވިޕް ކުރި ކްރީމްގެ ½ އަޅާށެވެ. މިގޮތަށް 2 ލޭޔާ އަޅާށެވެ.

4: ޗޮކްލެޓް ޗިޕްސައާއި ކޯން ސްޓާޗާއި ¾ ޖޯޑުގެ ކްރީމް އަޅާ އެއްކޮށްލައި އަވަނަށް ލުމަށް ފަހު ދިޔާ ކޮށްލާށެވެ. 10 މިނެޓަށް އަވަނުގައި ބެހެއްޓުމަށް ފަހު ނަގާށެވެ. އަދި ކުރިން ތައްޔާރު ކުރި 2 ލޭޔާގެ މައްޗަށް ބިސްކޯދުގެ އިތުރު ލޭޔާއެއް އެޅުމަށް ފަހު މައްޗަށް ޗޮކްލެޓް ލޭޔާ އަކަށް ވާނެހެން އަޅާލާށެވެ. އެއަށްފަހު މަދުވެގެން 6 ގަޑިއިރު ފްރިޖްގައި ފިނިކުރުމަށް ބަހައްޓާށެވެ.