ޗޮކްލެޓް މޫސްގެ މި ރެސިޕީ އަކީ ނުކައްކާ ވަގުތުން ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ރެސިޕީއެކެވެ. ތިން ބާވަތެއް އެއްކޮށްލުމަށް ފަހު ކެއުމަށް ބޭނުން ކޮށްލާށެވެ. މިއީ އެކަކަށް ބޭނުން ކުރެވޭނެ ރެސިޕީއެކެވެ. އިތުރު ކުރަން ބޭނުން ނަމަ މީހުންގެ އަދަދަށްވާ ވަރަށް އިތުރުކޮށްލާށެވެ.

ބޭނުންވާނެ ތަކެތި:

  • 1/2 ޖޯޑުގެ ހެވީ ކްރީމް
  • 2 ސައިސަމްސަލުގެ ކޮކޯ ޕައުޑާ
  • 3 ސައިސަމްސަލުގެ އައިސިން ޝުގާ
  • ކުޑަ ލޮނުކޮޅެއް (ބޭނުންނަމަ، ޕިންޗް އެއްގެ ލޮނު)

ތައްޔާރު ކުރާނެ ގޮތް:

މަތިޖެހި ތަށްޓަކަށް ނުވަތަ ފުޅިއަކަށް ހެވީ ކްރީމާއި ކޮކޯ ޕައުޑާ އާއި އައިސިން ޝުގާގެ އިތުރުން ލޮނުކޮޅެއްލައި 2 މިނެޓަށް އޮލަ ވަންދެން ތަޅުވާލާށެވެ. މަތި ޖެހި އެއްޗެއް ނެތް ނަމަ ބޯ ތައްްޓަކަށް މި ތަކެތި އަޅާ، ހޭންޑް މިކްސްޗަރެއްވެސް ބޭނުން ކުރެވިދާނެއެވެ. ހޭންޑް މިކްސްޗަރުން ބޭނުން ކުރާނަމަ ފަސް މިނެޓް ވަންދެން ނުވަތަ އޮލަވާވަރަށް ގިރާލާށެވެ. ރަނގަޅަށް އޮލަވެ، ނިމުމުން ބޭނުން ނަމަ ފުރިޖަށް ލައި ފިނިކޮށްލާށެވެ. ނޫންނަމަ ވަގުތުން ކެއުމަށް ބޭނުންކޮށްލާށެވެ.