އޯރިއޯ ބްރައުނީޒް އައިސްކްރީމް ސޭންޑްވިޗަކީ ފަސޭހައިން މަދު ބާވަތްތަކުން ގޭގައި ތައްޔާރު ކޮށްލެވޭނެ ފޮނި އެއްޗެކެވެ. މިއީ އޯރިއޯ މީރު ފަރާތްތަކަށް ކަމުދާނެ ރެސިޕީއަކަށް ވާނެއެވެ. މި ރެސިޕީން 6 މީހުންނަށް ކެވޭވަރަށް ތައްޔާރު ކުރެވޭނެއެވެ.
ބޭނުންވާ ތަކެތި:
- 3 ބިސް
- 150 ގުރާމް އައިސިން ޝުގާ
- 150 ގުރާމް ޑާކް ޗޮކްލެޓް
- 40 ގުރާމް ކޮކޯ
- 40 ގްރާމް ފުއް
- 1/2 ޖޯޑުގެ ހަކުރު (މުގުރާފަ)
- 1 ސައިސަމްސަލުގެ ވެނީލާ އެސެންސް
- 3 ބޮނޑި އޯރިއޯ ބިސްކޯދު
- 150 ގުރާމް ބަޓާ
- 400 މިލިގްރާމް ވިޕިންގް ކްރީމް
- އޯރިއޯ އައިސްކްރީމް
އޯރިއޯ އައިސްކްރީމް ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ އޯރިއޯ ބޮނޑި ކަނޑާލައި، ކޮންމެ ބިސްކޯދެއް 4 ފަޅިއަށް ވާނެ ހެން ފަޅިކޮށްލާށެވެ.
އެއަށް ފަހު ތައްޓަކަށް ވިޕިން ކްރީމާއި އައިސިން ޝުގާ އާއި ވެނީލާ އެސެންސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ރަނގަޅަށް އެއްވުމަށް ފަހު ކޮށި އޯރިއޯއިން އެއްބައި އަޅާ އެއްކޮށްލާށެވެ. އެއަށް ފަހު ޓްރޭއަކަށް އަޅާ ގަނޑުކޮށްލާށެވެ. އޭރަށް އޯރިއޯ އައިސްކްރީމް ތައްޔާރުވީއެވެ.
އޯރިއޯ ބްރައުނީޒް ތައްޔާރުކުރާނެ ގޮތް:
ޑާކް ޗޮކްލެޓާއި ބަޓަރާއި މައިކްރޯވޭވް އަވަނަށް ލާ ދިޔާކޮށްލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެެވެ. އޭގެ ތެރެއަށް ހަކުރާއި ކޮކޯ ޕައުޑާ އާއި ފުއް އަޅާ ރަނގަޅަށް އެއްވާނެހެން މިކްސްކޮށްލާށެވެ. އޭގެ ތެރެއަށް ބިސްލާ ގިރާލުމަށް ފަހު ކޮށާފައިވާ އޯރިއޯއިން ބާކީ ހުރިބައި އަޅާ އެއްކޮށްލާށެވެ. ޓްރޭއަކަށް އަޅާ މަތީގައި އޯރިއޯ އަތުރާ ފިހެލާށެވެ.
ފިހެވުމުން ކަޓަރަ ނުވަތަ ކަފާއެއްޗަކުން ވަށްކޮށް ނެގޭނެހެން ކޮށާލާށެވެ. އޭގެ ވަށްކޮށް ނެގި 1 އޯރިއޯ ބްރައުނީޒްގެ މައްޗަށް ތައްޔާރުކުރި އައިސްކްރީމުން 1 ސަމްސާ އަޅާ އަނެއް އޯރިއޯ ބްރައުނީޒް އޭގެ މައްޗަށްލާ ސޭންޑްވިޗެއްހެން ހަދާލާށެވެ. އެއަށް ފަހު ކާން ބޭނުން ކުރުމުގެ ކުރިން ފިނިކޮށްގެންވެސް ބޭނުން ކުރެވިދާނެއެވެ.