ކަދުރަކީ ކީރިތި ގުރުއާނާއި މާތް ރަސޫލާ ސުންނަތުންވެސް އެނގޭ ގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. އިސްލާމްދީން ފާޅުވެގެންއައި ދުވަސްވަރުގައި މުސްލިމުންގެ ކެއުމުގެ ގޮތުގައި ބޭނުންކުރީވެސް ކަދުރެވެ.

ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަގުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. އަދި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި ބޭނުން ކުރެވުނު މޭވާއެކެވެ.

ޑޭޓް މިލްކް ޝޭކް ނުވަތަ ޑޭޓް ޝޭކަކީ މި ރޯދަމަހު ހާރު ކެއުމަށް ނުވަތަ ރޯދަ ވީއްލުމަށް ބޭނުން ކުރަން ރަނގަޅު، ގިނަ ފައިދާ ތަކެއް އެކުލެވިގެންވާ ބުއިމަކަށް ވާނެއެވެ. މި ރެސިޕީއަކީ 2 މީހަކަށް ވާވަރަށް ތައްޔާރު ކޮށްފައިވާ ރެސިޕީ އެކެވެ.

ބޭނުންވާ ތަކެތި:

  • 1/2 ޖޯޑުގެ ކަދުރު (އޮށް ނަގާފަ)
  • 1/2 ޖޯޑުގެ ޕްލޭން ޔޯގަޓް
  • 2 ސައިސަމްސަލުގެ ހެވީ ކްރީމް
  • 1/2 ޖޯޑުގެ ކިރު ( ފުލް ކްރީމް)
  • 2 ސައިސަމްސަލުގެ މާމުއި (ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކަދުރުގެ ތޮށިތައް ނައްޓާލާށެވެ. އެއަށް ފަހު މިކްސްޗަރަށް ކަދުރާއި ޔޯގަޓް އަޅާ އެކުވަންދެން ގިރާލަށެވެ.

އޭގެ ތެރެއަށް ހެވީ ކްރީމާއި ފުލް ކްރީމާއި މާމުތް އަޅާ ރަނގަޅަށް އެކުވަންދެން ގިރާލާށެވެ.

ފިނިކޮށް ބޯން ބޭނުން ނަމަ އައިސް ކިއުބް އަޅައިގެންވެސް މި ބުއިން ބޭނުން ކުރެވިދާނެއެވެ.

އޭރުން އެހެރީ ޑޭޓް ޝޭކް ތައްޔާރު ވެފައެވެ.