މެކްް އެންޑް ޗީޒް ބްރެޑް ސްޓިކްސް އަކީ ޗީޒް މީރު މީހުންނަށް، ގޭގައި ހުރެ ހަދާލަން ފަސޭހަ އެހާމެ މީރު އެއްޗަކަށް ވާނެއެވެ. މިއީ ރޯސަ މަހުގެ ސުފުރާމަތި ފުރުހަމަ ކޮށްލުމަށްވެސް ރަނގަޅު ހެދިކާއަކަށް ވާނެއެވެ.

ތައްޔާރު ކުރުމަށް ބޭނުންވާ ތެކެތި:

  • ފެން
  • 2 ސައިސަމްސަލުގެ ބަޓާ
  • 1 ސައިސަމްސަލުގެ އޮނިޔަން ޕައުޑާ
  • 1 ސައިސަމްސަލުގެ ޑްރައި މަސްޓާޑް
  • 2 ސައިސަމްސަލުގެ މެކް އެންޑް ޗީޒް ސީޒަނިން ގަސް
  • މެކަރޯނީ
  • 1/2 ތަށި ކްރީމް ޗީޒް
  • 1 ޖޯޑު ކިރު
  • 1 ތަށި ޗީޒް (އިޓާލިއަން ޗީޒް)
  • 1 ތަށި ޗެއްޑާ ޗީޒް
  • ޕިއްޒާ ޑަފް (ބޭނުން ނަމަ ގޭގައި ހަދާ ޕިއްޒާ ފުއްގަނޑުވެސް ބޭނުން ކުރެވިދާނެ)
  • އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ފެން އެޅުމަށް ފަހު ބަޓަރު އަޅާށެވެ. އެ ފެންގަނޑުގެ ތެރެއަށް އޮނިޔަން ޕައުޑާ އަޅާ ޑްރައި މަސްޓާޑްވެސް އަޅާށެވެ. އެއަށްފަހު މެކް އެންޑް ޗީޒް ސީޒަނިން ގަސް އަޅާ މެކަރޯނީ އަޅާ ހައި ޕްރެޝާގައި މަޑުވަންދެން ކައްކާލާށެވެ.

މެކަރޯނީ މަޑުވުމުން އޭގެ ތެރެއަށް ކްރީމް ޗީޒް އަޅާށެވެ. ކިރު އަޅުމަށް ފަހު އިޓާލިއަން ޗީޒް އާއި ޗެއްޑާ ޗީޒް އަޅާ ރަނގަޅަށް އެއްވަންދެން ހާކާލާށެވެ. ދެން ހުންނާނީ މެކްއެންޑް ޗީޒް ތައްޔާރުވެފައެވެ.

މެކްް އެންޑް ޗީޒް

މެކް އެންޑް ޗީޒް ތައްޔާރު ކުރުމަށް ފަހު، ހޫނުކަން ދިއުމުން ހަތަރެސްކަން ތައްޓަކަށް އެޅުމަށްފަހު ގަނޑުކުރާބަޔަށް ލާ ގަނޑުކޮށްލާށެވެ.

ރަނގަޅަށް ގަނޑުވުމުން ނަގާ ދިގަށް ވާހެން ކޮށާލާށެވެ. ޕިއްޒާ ފުއްގަނޑުވެސް ދިގަށް ވާހެން ކޮށާލާށެވެ.

އެއަށްފަހު ކޮށާފައިވާ މެކްއެންޑް ޗީޒްގައި ކެފި ފުއްގަނޑުން އެއްފޮތި ނަގާ އަރިއަކަށް ވާހެން އޮޅާލާށެވެ. ޓްރޭއެއްގައި އެތުރުމަށް ފަހު މަތީގައި ފިއްސަކުން އޮލިވް އޮއިލް ހާކާލާށެވެ. އަދި އެއަށްފަހު ކޮންމެ ބްރެޑް ސްޓިކެއްގެ މައްޗަށް ކުޑަ ޗީޒްކޮޅަކާއި މެކް އެންޑް ޗީޒް ސީޒަނިންގަސް އަޅާ 20 މިނެޓް ވަނަދެން 200 ޑިގްރީ ސެލްޝިއަސްގައި ފިހެލާށެވެ.

މެކްް އެންޑް ޗީޒް ބްރެޑް ސްޓިކްސް ތައްޔާރުކުރާނެ ގޮތް

އޭރުން އެހެރީ ނިމިފައެވެ.

ދެން ސުފުރާ މައްޗަށް ނަގަން ވީއެވެ. ރޯދަ ވީއްލާ ގަޑިއާއި، ތަރާވީހު ގަޑީގެ އިތުރުން ހާރު ދަމުވެސް ކާލަން މީރު އެއްޗެކެވެ.