ޗިކަން ބްރެޑް ކޯންސް އަކީ ގޭގައި ހުރެ ތައްޔާރު ކޮށްލަން ފަސޭހަ ހެދިކާއަކަށް ވާނެއެވެ.
ހާއްސަކޮށް ކުޑަކުދިންނަށް މި ހެދިކާއަކީ މީރު ހެދިކާއަކަށް ވާނެއެވެ.
މަސްގަނޑަށް ބޭނުންވާ ތަކެތި:
- 2 ސައިސަމްސާ ތެޔޮ (ކުކިން އޮއިލް)
- 250 ގުރާމްގެ ކުކުޅު (ބޯންލެސް ޗިކަން ހަތަރެސްކަނަށް ކުދިކޮށް ކޮށާފަ)
- 1 ސައިސަމްސާ ލޮނުމަދު (ގާނާފަ)
- 3 ސައިސަމްސާ ޔޯގަޓް
- 1، 1/2 ސައިސަމްސަލުގެ ތަންދޫރީ މަސާލާ
މަސްގަނޑު ތައްޔާރުކުރާނެ ގޮތް:
ތަވަޔަކަށް ތެޔޮފޮދު އެޅުމަށް ފަހު ކޮށާފައި ހުރި ކުކުޅުކޮޅު އަޅާ އޭގެ ތެރެއަށް ގާނާފައި ހުރު ލޮނުމެދު ކޮޅާއި ޔޯގަޓާއި މަސާލާ އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއަށް ފަހު ކުކުޅުކޮޅު މަޑުވަންދެން ކައްކާށެވެ.
ސެލެޑްގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 1، 1/2 ތަށީގެ ކެބެޖް (ކޮށާފަ)
- 1/2 ތަށީގެ ގްރީން އޮނިޔަން (އާދައިގެ ފިޔާވެސް ބޭނުންކުރެވިދާނެ، ކުދިކޮށް ކޮށާފަ)
- 1 ސައިސަމްސާ އަސޭމިރުސް (މުގުރާފަ)
- ރަހަ ލާވަރަށް ލޮނު
- 3 ސައިސަމްސަލުގެ މަޔޮނައިޒް
- 2 ސައިސަމްސަލުގެ ޓޮމާޓޯ ސޯސް
ސެލެޑްގަނޑު ތައްޔާރުކުރާނެ ގޮތް:
ކޮށާފައިވާ ކެބެޖް ތައްޓަކަށް އެޅުމަށް ފަހު އޭގެ ތެރެއަށް ކޮށާފައިވާ ގްރީން އޮނިޔަން އަޅާށެވެ. އޭގެ ތެރެއަށް އަސޭމިރުހާއި ލޮނާއި މަޔޮނައިޒާއި ޓޮމާޓޯ ސޯސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ތައްޔާރު ކުރި މަސްގަނޑު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އޭރަށް މަސްގަނޑު އެއްކޮށް ތައްޔާރު ވީއެވެ.
ކޯން ހެދުމަށް ބޭނުންވާ ތަކެތި:
- 1 ޖޯޑު ފުއް
- އޮލަކޮށް ފުއްކޮޅު ގިރޭނެ ވަރަށް ފެންފޮދެއް
- 1 ބްރެޑް
- ޗީޒް (ގާނާފަ)
- 2 ބިސް
- 1/2 ސައިސަމްސާ އަސޭމިރުސް
- ފާރޮށިކުނޑި
ތައްތާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުއްކޮޅަށް ފެންއަޅާ އޮލަވާ ވަރަށް ގިރާލާށެވެ. ދެން ޕާން ފޮތީގެ ކައިރިފަށް ނެގުމަށް ފަހު ރޮށިދަމާ ފޯލިން ރަނގަޅަށް ދަމާލާށެވެ. އެއަށް ފަހު ޕާން ފޮތީގެ ކޮންމެވެސް އެއްކޮޅު ފުއް ލައި ކޯން އެއް ގޮތަށް ތަތްކޮށްލާށެވެ.
ކޯން ހެދުމަށް ފަހު ތައްޔާރުކުރި މަސްގަނޑުން ކޯންގެ އެތެރެ ފިލްކޮށްލާށެވެ. އަދި ޗީޒް އެޅުމަށް ފަހު ފުއް ލައި، ތިނެސްކަނަށް ވާހެން ބަންދުކޮށްލާށެވެ.
ބިހުގެ ތެރެއަށް އަސޭމިރުހާއި ރަހަލާ ވަރަށް ލޮނު ލައި 1 ސައިސަމްސާ ފެން އަޅާ ރަނގަޅަށް ގިރާލާށެވެ.
ދެން ތައްޔާރުކުރި ކޯން ބިހުގެ ތެރެއަށް ލައި ފާރޮށި ކުނޑިރަނގަޅަށް ލެވޭނެހެން ހާކާށެވެ. އެއަށް ފަހު މަޑު ގިނީގައި ތެޔޮގަނޑަށް ލައި ތެލުލާށެވެ.