ކޮވިޑް19 އަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ރެއާ ހަމައަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އޮތީ 226 ގައެވެ. ނަމަވެސް މިއަދު ހެލްތު މިނިސްޓްރީގެ ޑޭޝް ބޯޑުގައި އޮތް އަދަދަށް 2 އިތުރުވެ، މުޅި ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 228 އަށް އަރާފައެވެ. ނަމަވެސް ފަހުން ޕޮޒިޓިވް ވި ދެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނޭނގެއެވެ.

ރާއްޖެއިން މިހާތަނަށް 228 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު މީގެތެރެއިން ވެސް އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ.

ރާއްޖޭގައި ކޮވިޑް19 ފެނުނު ނަމަވެސް އެންމެ ފުރަތަމަ މިބަލި ފެނުނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް އައިސް ތިބި ފަތުރުވެރިންގެ ގައިންނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި މި ބަލި ރާއްޖޭގައި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.