މުނިފޫހި ފިލުވުމުގެ ދާއިރާގެ ގިނަ ބަޔަކު ނިސްބަތްވާ ރަށެއް ގޮތުގައި ފާހަގަ ކުރެވިފައިވާ އެއް ރަށަކީ ޅ. ނައިފަރެވެ. އެގޮތުން އެ ރަށަށް އުފަން އުމުރުން 20 އަހަރުގެ މަރިޔަމް ޝިފާއަކީ ފިލްމީ ދާއީރާއަށް އާ މޫނެއް ނޫނެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ޝިފާ ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ "ޓިކްޓޮކް" ކުޅެން ފެށި ފަހުންނެވެ. ފިލްމީ ދާއިރާއަށް އޮތް ޝައުގެއްގެ ބޮޑުކަމުން އޭނާ މި ދާއިރާއަށް ވަދެފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ.
އެގޮތުން ޝިފާގެ ފުރަތަމަ ފިލްމަކީ އޭނާގެ އުމުރުން 17 އަހަރުގައި ޝޫޓް ކުރި ފިލްމް ދެވަންސޫރައެވެ. ދެވަންސޫރައިގެ ލީޑް ރޯލުން ފެނިގެން ދިޔަ އާމޫނަށް އެތައް ބައެއްގެ ތައުރީފު އޮހިގެން ދިޔައިރު އެވަރުގެ ތަރުހީބެއް ލިބިގެން ދާނެ ކަމަށް ޝިފާ އުންމީދެއް ނުކުރެއެވެ.
ފިލްމީ ދާއިރާއަށް ދިއުމުގެ ކުރިންވެސް ޝިފާއަކީ މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ކުޑައިރު ލަވަކިއުމާއި ނެށުމަށް ޝައުގުވެރިކަން ހުރެ، އެކަން ކުރަމުން އައި ކަމަށް އޭނާ ބުނެއެވެ. މިހާތަނަށް ޝިފާ ކުޅެފައިވާ ތިން ފިލްމަކާއި، އެއް ސީރީޒް، ބެލުންތެރިންނާ ހިސާބަށް އައިސްފައި ވެއެވެ. އެއީ ދެވަންސޫރަ އާއި ފޯޓީ ޕްލަސް އާއި ނިވައިރޯޅި އަދި ހާސާ ސީރީސް އެވެ. މީގެ އިތުރުން ބައިސްކޯފަށް އަންނަން އުޅޭ މޫމިންގެ "ގަމިނި" އިން ވެސް ޝިފާ ފެނިގެން ދާނެ ކަމަށް އެނާ ބުނެއެވެ.
ލަވަ ކިޔުމަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން ޝިފާ ބުނީ އެއީ އާއިލާ ފަރާތުން އޭނާގެ ގައިގައި އަށަގެންފައިވާ ކަމެއް ކަމަށާއި މަންމަވެސް ވަރަށް ރީތިކޮށް ލަވަކިޔާ ކަމަށާއި ބައްޕައަކީ ބެރުޖަހާ މީހެއް ކަމަށެވެ.
ޝިފާއަށް އެންމެ އިންސްޕަޔަރިިންގް މީހުންގެ ތެރޭގައި ހިމެނެނީ އައިޝަތު ރިޝްމީ އާއި ނުޒުހަތު ޝުއެއިބް އަދި އަލީ ސީޒަންއެވެ. އެންމެ ކުޑައިރުއްސުރެ ފިލްމަތައް ބަލަމުން އައި އިރުވެސް ރިޝްމީއާއި ސީޒަންއަކީ ޝިފާގެ އެންމެ ފޭވަރިޓް ކަމަށް އޭނާ ބުނެއެވެ. ބޮލީވުޑް ފަންނާނުންގެ ތެރެއިން އެންމެ ފޭވަރިޓް ތަރިންނަކީ ރިތިކް ރޯޝަން އަދި ކެޓްރީނާ ކައިފް ކަމަށް ޝިފާ ބުނެއެވެ.
ޓިކްޓޮކް ކުޅޭ މީހުންގެ ތެރޭގައި ވެސް ޝިފާއަކީ ވަރަށް ގިނަ ބަޔަކު ބަލައިގަންނަ ފަންނާނެކެވެ. އެގޮތުން ޓިކްޓޮކާސްގެ ތެރެއިން ޝިފާއަށް އެންމެ ކަމުދަނީ ޝަޒީލާގެ ޓިކްޓޮކްތައް ކަަމަށް އޭނާ ބުނެއެވެ.
މިހާތަނަށް އައި އިރު ޝިފާ އެންމެ މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރަކީ ނަހުލާ ކަމަށް އޭނާ ވަނީ ބުނެއެވެ. ނަހުލާގެ ފިލްމު ނުވަތަ ސީރީސްތައް ފުރިހަމަ ކަން ފެނިފައި ނަހުލާއާއެކު މަސައްކަތް ކުރަން ވަރަށް ބޭނުންވެފައި ހުރިކަން ޝިފާ ފާހަގަކުރިއެވެ.
ރޯދަ މަހާ ގުޅޭގޮތުން ޝިފާ ބުނީ، ރޯދަ މަސް އައުމުން ވަރަށް ބޮޑަށް މަންމަ މަތިން ހަނދާންވާ ކަމަށެވެ. ކޮންމެ ތާކު ހުއްޓަސް މަންމަ ކައިރިއަށް ދާން ބޭނުން ވަނީ މަންމަގެ އަތުން ހަދާ ކުޅި ބަތްޕެން ކާން ބޭނުންވާތީ ކަމަށް އޭނާ ބުނެއެވެ. ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް ކުޅި ބަތްޕެން ކާން ބޭނުންވާ ޝިފާއަށް ހާރުދަމަށް އެންމެ ކަމުދަނީ ގަރުދިޔައާއި ބަތެވެ.
ފިލްމީ ދައިރާ ނޫން އެހެން ދާއިރާއަކުން ޝިފާ ނުފެންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޝިފާ ބޭނުންވަނީ މި ދާއިރާއިން ލިބޭ ފުރުސަތުތަކުގައި، އެއް ދުވަހަށް ވުރެ އަނެއް ދުވަހު ކުރިއެރުމާއި ކާމިޔާބީ ހާސިލް ކުރަން ކަމަށް އޭނާ ބުނެއެވެ. ބެލުންތެރިން ބޭނުންވާ ކަހަލަ ފުރިހަމަ އެކްޓިން ހުނަރުތައް ދައްކުވައި ދިނުމަށް މަސައްކަތް ކުރާ ކަމަށާއި ބެލުންތެރިންގެ ކޮމެންޓްސްތައް ބަލައިގަންނަ ކަމަށް އޭނާ ބުނެއެވެ.
އަދި ޝިފާގެ ފަރާތުން ހުރިހާ ކިޔުންތެރިންނަށް "ރަމްޟާން މުބާރިކް" ބުނެލަމުން ޝިފާގެ ވާހަކަ ނިންމާލީ މި ދުވަސްވަރު ހުރިހާ މީހުންވެސް ގޭގައި ތިބުމަށް ނަސޭހަތްތެރި ވަމުންނެވެ.
ހެޔޮވިސްނުންދެއްވާށި
ދުުނިޔޭގަ ތިބާއަށް ކަނޑައެޅިފައިވާ މަދުވަގުތު ކޮޅު ބޭކާރު ކޮށްނުލާ ބުއްދީގެ ބޭނުން ހެޔޮގޮތުގަހިފާ މިނޫނަސް ދުވަހެއް އޮތް ކަން ވިސްނާ
ހެޔޮނުވާނެ ދުނިޔެއާއި އާޙިރަތް ބޭނުމީޔާ ތިޔަ ކަމުން ދުރުވާށެވެ ރީތި ކަމާ ޒުވާން ކަމީ ކުޑަ ހިނދު ކޮޅެއްގެ ތެރޭ ފިލާ ދާނެ ކަމެކެވެ ރާއްޖޭގައި ތިޔަ ބުނާ ފިލްމް ސްޓާރުންގެ ދިރި އުޅުން ކިނެއްތޯ ބަލާވިސްނާށެވެ.