ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވެއްޖެއެވެ.

އެކަމަނާއަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މާމާފުޅެވެ. މޫމިނާއަކީ ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭކަނބަލެކެވެ. ހާއްސަ ގޮތެއްގައި ދިވެހި ތާރީހާއި އަދަބިއްޔާތަށް އެކަމަނާ ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ. އެކަމަނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަސަރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާ މިސްކިތުގައެވެ.

މޫމިނާ އަވަހާރަވި އިރު ކޮއްކޯފުޅު އަބްދުﷲ ޔާމީން ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މާފުށި ޖަލުގައެވެ. މޫމިނާގެ މޫނު ދެކިލުމަށް ރައީސް ޔާމީން މާލެ ގެންނާނެ ކަމެއް އަދި ނޭނގެއެވެ.