ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަން ބޭނުން ކުރުމަށް އެދިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކޮވުޑް19 އާއި ގުޅިގެން ދެން ޕްރިންޓު ކޮށްފައި ހުންނަށް ކަރަންޓު ބިލްތައް ގެތަކަށް ވަކި ވަކިން ފޯރުނުކޮށްދޭނެ ކަމަށެވެ. އަދި ސްޓެލްކޯއަށް ކަސްޓަމަރުންގެ ނަންބަރުތައް ދީފައިވާ ފަރާތްތަކަށް އެ މަހެއްގެ ކަރަންޓު ބިލުގެ ތަފްސީލް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަމުން ގެންދާނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މޯބައިލް އެޕް އިންވެސް އެ މަހެއްގެ ކަރަންޓު ބިލުގެ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ. އެކުންފުނިން ބުނީ ކަސްޓަމަރުންގެ ތެރެއިން އެ ފަރާތްތަކުގެ ނަންބަރު ހިއްސާ ނުކުރާ ފަރާތްތަކުގެ ކަރަންޓް ބިލްތައް އިމާރާތުގެ ގްރައުންޑް ފްލޯގައި ބަހައްޓާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސްޓެލްކޯގެ އިތުރުން ސަރުކާރުގެ އިތުރު އެހެން ކުންފުނިތަކުން ވެސް އަންނަނީ ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން އެކުންފުނިތަކުން ހޯދަން ޖެހޭ ހިދުމަތްތައް ހޯދުމަށް އެ ކުންފުނިތަކަށް ދިއުމުގެ ބަދަލުގައި އޮންލައިން އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.