ބޮޑެތި ގިނަ އިނާމު ތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު މިއަދު ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ ރަމަޟާން ބާޒާރު ފައްޓަވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދުއެވެ. މިއަދުން ފެށިގެން އަންނަ މެއި މަހުގެ 30ގެ ނިޔަލަށް ކުރިއަށް ގެންދާ ރަމަޟާން ބާޒާރުގައި ކޮންމެ 1000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ.

ރަމަޟާން ބާޒާރު ނިމުމުން އެއްވަނަށް ހޮވޭ ފަރާތަކަށް 4 ބޭފުޅެއްގެ އުމުރާ ޕެކޭޖު ދެވޭއިރު ދެވަނަ އަދި ތިންވަނަ ފަރާތަށްވެސް އިނާމުގެ ގޮތުގައި ކަނޑައެޅިފައިވަނީ އުމްރާ ދަތުރެވެ. އެގޮތުން ދެވަނައަށް ހޮވޭ ފަރާތަކަށް ދެ ބޭފުޅަކަށް އުމްރާ ދަތުރު ލިބޭއިރު ތިންވަނައަށް ހޮވޭފަރާތަށްވެސް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.

އެސްޓީއޯ ރަމަސާން ބާޒާރު 2020 ހުޅުވުމުގެ ރަސްމިީޔާތުގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މީގެ އިތުރުން ހަފްތާއަކު އެއްފަހަރު ނެގޭ ގުރުއަތުގައިވެސް 10000 ރުފިޔާއާއި 20000 ރުފިޔާއާ ދެމެދުގެ އަގުހުރި އިނާމެއް ލިބިގެންދާނެއެވެ. 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދެވޭ ރަމަޟާން ބާޒާރުގައި ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑްތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެގޮތުން 10000 ރުފިޔާއިން މަތީގެ މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކޮންމެ ހަފާތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ މަކީޓާ ބުރުމާ ބޭނުންކޮށްގެން ތޮރުފުމުގެ މުބާރާތެއް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ރަމަސާން ބާޒާރު 2020 ހުޅުވުމުގެ ރަސްމިީޔާތުގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް\

ރަމަޟާން ބާޒާރުގައި އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުންވެސް 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ފަށާފައެވެ. މީގެ އިތުރުން އާއްމުންގެ މެދުގައި މަގުބޫލު ފިލިޕްސް އެއަފްރައިޔާ އެކުވެސް ހަދިޔާއެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.