ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ވަޑައިގެންފިއެވެ.

ރައީސް ދ. ރިނބުދޫއަށް ވަޑައިގެންނެވުމާއެކު އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ރިނބުދޫއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި އެރަށުގައި ގާއިމްކޮށްފައިވާ ސަގާފީ މަގު ހުޅުވައިދެއްވުމާއި، "މަރިޔަންމާ" ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމާއި، ފުޓްސެލް ދަނޑު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ދަތުރުފުޅުގައި ރިނބުދޫ ކައުންސިލާއި، އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ރިނބުދޫއަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ.