ހަމަހުގެ މެޓާނިޓީ ލީވް ފަނޑިޔާރުންނަށް ވެސް ލިބޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާއި ގުޅިގެން އަންހެން ބޭފުޅުންނަށް ދެވޭ ހަމަސް ދުވަހުގެ ޗުއްޓީއާ އަދި އަނބިމީހާ ވިހެއުމާއި ގުޅިގެން ފިރިހެން ބޭފުޅުނަށް ދެވޭ އެއްމަސް ދުވަހުގެ ޗުއްޓީ ހިމެނުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނާއިބާއި ރައްޔިތުންގެ މަޖިލީހުގައި އެދުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވާއިރު މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާ ގޮތަށް ވަނީ ނިންމާފައެވެ.

ރައީސް ސޯލިހުގެ އެ ނިންމެވުމާއި އެކު ސަރުކާރު ކުންފުނިތަކުންވެސް ވަނީ އެ ކުންފުނިތަކުގެ ޗުއްޓީ ގަވާއިދަށް ބަދަލުތައް ގެނެސް ރައީސްގެ އެ ނިންމުމާއި އެއްގޮތަށް އެ ކުންފުނިތަކުންވެސް އެ ނިންމުން ތަންފީޒު ކުރަން ފަށާފައެވެ.

ވިހެއުމާ ގުޅިގެން މުސާރަ ހިނގާ ގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.