ދީބާޖާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސިވިލް ކޯޓަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
މިނިސްޓަރު ނަހުލާ ސިވިލް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައި ވަނީ ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކޮށްފިނަމަ އެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައިވާ އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ސިވިލް ކޯޓުން މިހެން ހުކުމް ކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.
އެ ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދުމުން ދައުލަތަށް ދެ ހަފްތާގެ މުއްދަތެއް ސިވިލް ކޯޓުން މިދިޔަ މޭ މަހު ވަނީ ދީފައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަމުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ކޯޓުން މިހާރުވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު ސިވިލް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައެވެ.
އެ ކޯޓުން ބުނީ ޓްރާންސްޕޯޓް މިނިސްޓަރު ހާޒިރު ކުރާނެކަމަށް އެންގީ ދީބާޖާއާ އެކު ދައުލަތުން ހެދި އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ރައްދުވާތީ ކަމަށެވެ.
ގާސިމްބެ ގާތުން ވަރިވިޔަސް މަގާމު ބޭނުން ކަމަށް ވަނީ.....