ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މަޝްހޫރު ފަންނާނުންނާ އެކުގައި ނަންގަވާފައިވާ ފޮޓޯތަކާއި ގުޅިގެން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް ފާޑު ވިދާޅުވުމުން އެކަމަށް މިނިސްޓަރު މަހްލޫފު ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު މަހްލޫފު ވަނީ ބޮލީވުޑުގެ މަޝްހޫރު ފިލްމީތަރި އަމީތާބު ބައްޗަންއާ އަދި މަޝްހޫރު ކޮމޭޑިއަން ޖޯނީލެވާ އަދި ސުނިލް ޝެޓީގެ އިތުރުން ކަޕިލް ޝަރުމާ ފަދަ ފަންނާނުންނާ ބައްދަލު ކުރައްވާފައެވެ. އަމީތާބާ ބައްދަލު ކުރެއްވުމަށް ފަހު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއަށް ރިއަލިޓީ ޝޯއެއް ގެނައުމަށް މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށް ވިދާޅުވެފައެވެ. ސްނިލް ޝެޓީއާ ބައްދަލު ކުރައްވާ ވިދާޅުވީ ފިޓްނަސްގެ ހަރަކާތްތަކެއް ޕްރޮމޯޓް ކުރައްވާ ވާހަކައެވެ.
މަހްލޫފު މިފަދަ ބައެއް ފަރާތްތަކާއި ބައްދަލުކުރެއްވުމުން އެކަމަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ޔޫތު މިނިސްޓަރަކީ މަޝްހޫރު ފަންނާނުންނާއި ކޮމޭޑިއަނުންނާ ވަރަށް ގަޔާވާ ބޭފުޅެއް ކަމަށެވެ. "ފެންނަ ފެނުމަށް އެ ވަޒީފާ މާ ގޯހެއް ނޫން" ޑރ. ޖަމީލް ވިދާޅުވެއެވެ.
އެކަމާ ގުޅިގެން ޑރ. ޖަމީލް ޓެގު ކުރައްވާ މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ރަސްމީ ދަތުރެއްގައި ވިއަސް އަދި އަމިއްލަ ދަތުރެއްގައި ވިއަސް ރާއްޖެއިން ބޭރަށް ވަޑައިގެން ތަފާތު އެކިއެކި ފަރާތްތަކާ ބައްދަލުކުރައްވާ އަބަދުވެސް ބައްލަވަނީ ގައުމަށް ފައިދާ ކުރާނެ ކަމެއް ގެނެސްދެއްވޭތޯ ކަމަށެވެ. މަހްލޫފު ވަނީ މިފަހަރުގެ ދަތުރުގައިވެސް ރާއްޖެއަށް މުނިފޫހިފިލުވުމުގެ ދާއިރާއިންނާއި ކަސްރަތުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބިގެންދިޔަކަން ފާހަގަކުރައްވާފައެވެ.
ޑރ. ޖަމީލްގެ އިތުރުން ބައެއް އާއްމުންވެސް ވަނީ މިނިސްޓަރަކު އެފަދައިން އުޅުއްވަމުން ގެންދަވާތީ ފާޑު ކިޔާފައެވެ. ބައެއް ފަރާތްތަކުން މަހްލޫފު އަމިއްލަ ދަތުރުތަކުގައި ވަޑައިގަންނަވާއިރު އޭނާގެ ބޮޑީ ގާޑުންގެ ހަރަދު ކުރައްވަނީ މަހްލޫފުތޯ ވެސް ވަނީ ސުވާލު ކޮށްފައެވެ. އެހެން ބައެއް މީހުން ބުނެފައިވަނީ މަހްލޫފް ވިދާޅުވެފައިވާ އެއްޗަކާ ވިދިގެންނެވެ. މަހްލޫފު ވިދާޅުވީ އޭނާ ކުރައްވާ އެފަދަ ދަތުރުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރައްވަމުން ގެންދަވާ ދަތުރުތަކެއް ނޫން ކަމަށެވެ.
ޢަަނގަ އޮތީިތީވެ ކާޅަށް ސޮއް
ބުނާކޮންމެ ކަމަކަށް ރައްދު ދިނުމުގެ ބަދަލުހައި، ދަތުރުތަކުން ވީ ފައިދާތަކެއް ރައްޔިތުންނަށް ތަފްޞީލުކޮށް ދެއްވުން އެދެމެވެ. ވަރަށް ސަލާމް