ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން އެމްޑީޕީގެ ސްކޮލުގައި ނިމުނު ސަރުކާރުގެ ސްޕޯޓްސް މިނިަސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮޮނުވައިފިއެވެ.
ޖަޕާނު ސަފީރަކަށް މަހްލޫފު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވި އިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.
ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.
މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި މަހުލޫފުގެ ސިޔާސީ ހަޔާތް ފެށިފައިވަނީ ކުރީގެ ޑީއާރްޕީންނެވެ.
މަހުލޫފަކީ މިހާރު ޕީއެންސީގެ މެންބަރެކެވެ.
