ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް ހަތަރު މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ވ. އާއަލި، އަޙްމަދު މުފީދު (54އ) އާއި ސ. ހިތަދޫ / އަރާއިރު، ޝާހިދު ރަޝީދު (43އ) އާއި ޏ. ފުވައްމުލައް / މުބާހުމަންޒިލް، އިބްރާހިމް އަލީ (56އ) އާއި ވ. ރާހި، މުހައްމަދު ބާގިރު (48އ) އެވެ.

އަހްމަދު މުފީދު އަދި ޝާހިދު ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރެވިފައި ނުވާތީ މިދެމީހުންވެސް ބަންދުގައި ބަހައްޓައިގެން މިމަހުގެ 10 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށްވަނީ އަމުރުކޮށްފަ އެވެ.

އިބްރާހިމް އަލީ އަދި މުހައްމަދު ބާގިރުވެސް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި މިދެމީހުންވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ބަންދުގައި ބައްހައްޓައިގެން މިމަހުގެ 11 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށްވަނީ އަމުރުކޮށްފަ އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިހަތަރު މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.