ޓެކްސީއެއްގެ ތެރޭގައި ބޭއްވުނު ދަބަހެއްގައި އޮތް އެއްލައްކަ ރުފިޔާ ހޯދުމަށް ފަހު އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހަވީރު 16:20 އެހާކަށް ހާއިރު ކަމަށެވެ. އަދި ބުނީ އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގައި މަސައްކަތްުކުރާ، ފުލުހުންގެ މަސައްކަތުން އެފައިސާތައް ހޯދާ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ފައިސާތައް ހޯދުނީ ސީސީޓީވީ ފުޓޭޖެގެ އެހީގައި ދަބަސް ބޭއްވުނު ޓެކްސީ ހޯދައިގެން ކަމަށެވެ.

މިފަހަކަށް އައިސް ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހާއްސަކޮށް މިފަދަ ގޮތަކަށް ގެއްލޭ ފައިސާތައް އަނބުރާ ހޯދާ ފުލުހުން އަންނަނީ އޭގެ ވެރިފަރާތާއި ހަވާލު ކުރަމުންނެވެ.