ހދ. ކުޅުދުއްފުށީ ސިޓީގެ ޕޯޓުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ކޮންޓެއިނަރެއް ވެއްޓި މުދާ އުފުލާ ބޯޓަކަށާއި ކޮންޓެއިނަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:30 އެހާއިރު، ބަނދަރުގައި މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގީ ކެރޭނެއް ބޭނުންކޮށްގެން ކޮންޓެއިނަރު އުފުލުމުގެ ތެރޭގައި، ކްރޭނުގެ ލޮކު ނެއްޓިގެން ކޮންޓެއިނަރު ދޯންޏެއްގެ މައްޗަށް ވެއްޓިގެންނެވެ.

އާންމު ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މި ހާދިސާގައި ބޯޓުގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކުރަންޖެހޭ ތަހުގީގުތައް ކުރަމުންނެވެ.