ޓުއަރިޒަމްގެ ދާއިރާއިން އެމްބީއޭ އަދި ޕީއެޗްޑީ ހާސިލް ކުރެވޭނެ ޕްރޮގްރާމް ތަކެއް ސައިރިކްސް ކޮލެޖުގައި ތައާރަފް ކުރުމަށް ނިންމައިިފި އެވެ.

ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހްމަދު ޝަރީފް ވިދާޅުވީ ޓުއަރިޒަމްގެ ދާއިރާއިން ކުރިއަށް ގެންދާ އެމްބީއޭ އަދި ޕީއެޗްޑިގެ ކޯސްތަކަކީ ތައިލެންޑްގެ މަޝްހޫރު ޔުނިވާސިޓއެއް ކަމަށްވާ އެސަމްޕްޝަން ޔުނިވާސީޓީއާއި ސައިރިކް ކޮލެޖާއި ގުޅިގެން ކުރިއަށް ގެންދާނެ ކޯސްތަކެއް ކަމަށެވެ. ތައިލެންޑްގެ އެސަމްޕްޝަން ޔުނިވާސިޓީއަކީ ފަތުރުވެރިކަމަށް ހާއްސަ އިންޓާނޭޝަނަލް ޔުނިވާސިޓީ އެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ކުދިންތަކެއް ޓުއަރިޒަމްގެ ދާއިރާއިން ތައުލީމް ހާސިލް ކުރުމަށް އެ ޔުނިވާސިޓީގައި ކިޔަވަމުން ދެއެވެ. މި ޔުނިވާސީޓީގައި މިހާރުވެސް، ޖަރުމަންވިލާތާއި ޗައިނާއާއި ޖަޕާން އަދި އިންޑިޔާގެ ދަރިވަރުން ފަތުރުވެރިކަމުގެ ދާއިރާއިން ތައުލީމް ހާސިލްކުރަމުން ދެއެވެ. ތައިލެންޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ.

ސައިރިކްސް އިން އަލަށް ފަށާ މި ކޯސްތައް ފަށާ ތާރީހު އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.