މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މި ބިލަށް އާނުމުންގެ ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހެޅުމަށް ބެނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ. އަދި މި ބިލަށް ހިޔާލެއް ހުށަހަޅަން ބެނުންވާ ފާރާތްތަކަށް ސިޓީގެ އަކުން ނުވަތަ މެއިލް ގެ ޒަރިއްޔާއިން ވެސް ހިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައި ކަމަށް މަޖިލިސް އިދާރާއިން މައުލޫމާތު ދެއެވެ.
މި ބިލަކީ އިސްލާމިކް ޔުނިވާސިޓީ އެމްއެންޔޫގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލާ ގުޅޭގޮތުން ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ ގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ، މި ދެތަނަކީ އެއްތަނެއްގެ ގޮތުގައި ހިންގުމީ ސަރުކާރަށް އެންމެ މަންފާ ބޮޑު ގޮތް ކަމަށާ އަދި ވަކިން އިސްލާމިކް ޔުނިވާސިޓީގެ ނަމުގައި ޔުނިވާސިޓީއެއް ހިންގުމުގެ ބޭނުމެއް ނުފެންނަ ކަމަށެވެ. އަދި މި ފަދަ އިސްލާހެއް ގެނެވުނު ނަމަވެސް އިސްލާމީ ތައުލީމު ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދިނުމަކީ ވެދާނެ ކަމެއް ކަމަށް މިބިލަށް ތާއިދުކޮށް ބަހުސްކުރެއްވި މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް އެމްއެންޔޫގެ ދަށަށް އައިޔޫއެމް ބަދަލުކުރުމަށް ހުށަހެޅި އިސްލާހަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާއި އަދާލަތު ޕާޓީ އިން ވެސް ދެކޮޅު ހަދާފައެވެ. މީގެ އިތުރުން، މި ދެ ޔުނިވާސިޓީ އެއްކޮރަން އުޅޭ އުޅުމަށް އިދިކޮޅު ޕީއެންސީގެ އިސްވެރިން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ދެ ކޮލެޖު އެއްކޮށްލަން އުޅޭ އުޅުމަކީ އެމްޑީޕީ ސަރުކާރުން އިސްލާމްދީން ރާއްޖެއިން ނެތިކޮށްލުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ.
ޕީއެންސީ އިން މިހެން ބުނި ނަމަވެސް އައިޔޫއެމް ހިންގުން މެދުކަނޑާ ނުލައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ، ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރަކުން ބަންދު ނުކުރާނެ ކަމަށެވެ.