އިއްޔެއިން ފެށިގެން ސުކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށް ސްކޫލުތައް ފެށީ ހެނދުު 6 ޖެހި އިރު ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އިއްޔެ ސްކޫލްތަކުގެ ކިޔެވުން ފެށިފައި ވަނީ ހެނދުނު 6 ޖެހި އިރު ކަމަށާ، ދަރިވަރުން ފަތިސް ނަމާދުކޮށްފައި ވަނީ ގޭގައި ކަމަށެވެ. އަދި ފަތިސް ނަމާދުން ސްކޫލުތައް ފެށާނެ ކަމަށް ބުނެ މިނިސްޓްރީއަށް ޓްވީޓް ކުރެވުނީ އޮޅުމަކުން ކަމަށާ އެ ޓްވީޓު މިހާރު ވަނީ މިނިސްޓްރީން ޑިލީޓް ކޮށްފައި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ވާގޮތުން މި ޕްރޮޖެކްޓުގެ ދަށުން ސްކޫލް ސެޝަންތައް ފެށިގެން ދާނީ ފަތިސް ނަމާދުން ކަމަށާ، ފަތިސް ނަމާދަށް ފަހު ކުރިއަށް ދާނީ ކުދިންގެ ކަސްރަތާއި ތަފާތު ކުޅިވަރުތައް ކަމަށެވެ. އަދި މި ކަންކަމުގައި މަސްއޫލުވެ އުޅުމަށް ފަހު ގެއަށްގޮސް ތައްޔާރުވެ ސްކޫލުން ހެނދުނުގެ ނާސްތާ ކުރުމަށް ފަހު ކިޔެވުމުގެ ގަޑިތައް ފެށިގެން ދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއް ދަންފަޅައަށް ސްކޫލްތައް ފެށުމުގެ ޕައިލްޓް ޕްރޮޖެކްޓުގެ ދަށުން 22 ސުކޫލެއްގައި ސެޝަންތައް ވަނީ ފަށާފައެވެ.
އެއްދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާއާއެކު ކަމަށާއި، ތައުލީމީ އާ މަންހަޖުގެ މަގުސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓްގެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި ދިރިއުޅުމަށް ފުރާފުރިހަމަ ވެފައިވާ ދަރިވަރުންތަކެއް މުޖްތަމައަށް ނެރެދިނުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި ސްކޫލް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ މުޖްތަމައަށް ބޭނުން ހިފޭ ބަޔަކަށް ނުވާކަމުގެ ޝަކުވާ ވަރަށް ގިނައިން އިވިވަޑައިގަންނަވާ ކަމަށާއި ސަރުކާރުން މިހާރު ކުރިއަށް ގެންދާ ވަށާޖެހޭ ތައުލީމުގެ މަޝްރޫޢުގެ ބޭނުމަކީ މި ޝަކުވާތަކަށް ނިމުމެއް ގެނައުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޑިއަރ މެޑަމް ސްކޫލަށް ދަރިން ގެންދަން ތިބެނީ ރޮބަޓުންތަ؟ - ސިވިލް އަދި ޕަރައިވެޓް ސެކްޓަރ މުވައްޒަފުން ވަޒީފާ ނިންމާފަ އައިސް ދަރިންނާއި އެކު ހޭދަ ވާނީ ކިހާ ވަގުތެއްތަ؟ ފުރަތަމަ މި މުޖްތަމައުގައި ކަން ހިނގާތޮތް ބަލާފަ ތިޔަ ކަހަލަ ކަންކަން ކޮށްބަލަ؟ މެޑަމް ސަޅި އެކަމަކު ތިޔަކުރީ މާ ވިޔާދާ ގޮތަކަށް ނޫން ތިޔަކަން.
ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކައެއް ހަދައިލީ ނުވާވަރަކުން ކަންކަމާ ނޫޅެބަލަ އެއްކަމެއްވެސް ކުރެވޭބައެއް ނން. ކަސްރަތޭ ކުޅިވަރޭ އިމްތިހާނޭ ޓެސްޓޭ ނުކިޔާ ޓީޗަރުން ހަމަ ނުކުރެ ހުރެ، ކިޔައިވައި ދެން ފަށާނީ ޓީޗަރުން ހަމަ ކޮށްފައޭ ކިޔާ ފޮނި ކެނޑި މިނިސްޓަރެއް ނުން ތިއީ ކޮންތާކު ފިލައި ގެން މިއޮތް ހާދުވަހު އުޅެފަ ތި ނިކުތީ
ހީވަނީީ އަލަށް މިގައުމުގަ ބަޔަކު ސްކޫލް ތަކެއްގަ ދަރިވަރުންނައް ކިޔަވައިދޭހެން ކޮންހާ ފޮނި ވާހަކަތަކެއް ދައްކާކައް ތިމާމެންނައް ހިންގަން ނޭގުނީމަ މަކަރުވެރި ވާހަަކަ ދައްކައިގެން ރައްޔިތުން ގުދޯ ހެއްދުން ނޫން ކަމެއް ކުރަން ނޭގޭ ހެނދުނު ދައްކާ ވާހަައާއި ހަވީރު ނުކާ ވާހަކަ އާއި ދިމަލެއް ނުވޭ ދޮގުހެދުންވެސް މިބައިމީހުންގެ ޝަގާފަތަކައް ވެއްޖެހެން ހީވަނީ ތިމާމީހާ ފުރަތަަ އޮރިޔާން ނިވާ ކުރަން ވެއްޖެ ނޫންތަ މުޅިންވެސް މުނާފިގުން މިސަރުކާރުގަ ތިއުޅެނީ
މީގެކުރިންވެސް އެއްދަންފަޅިއަށް ސުކޫލް ތަކުގަ ކިޔަވައިދިން. ތިހާ އެކްޓެއް ނުދައްކާ. މިހާރު ހީވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅޭހެން