ޑްރައިވަރު ނިދި ޖެހުމުގެ ސަބަބުން އަނެއްކާވެސް ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގެއެއްގައި ޖެހި އެކްސިޑެންޓް ވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ރީތިގަސް މަގުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މަގުގެ ވާތް ފަތާތުގައި ހުރި ގޭގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާ އެއް ވެފައި ނުވީ ނަަމަވެސް ކާރުގައި ތިބި ތިން މީހުންނަށް ވެސް ކޮންމެވެސް ވަރަކަށް ވަނީ އަނިޔާ ލިބިފައި ކަަމަށް ފުލުހުން ބުނެއެވެ. އެގޮތުން ކާރު ދުއްވަން އިން ޑްރައިވަރުގެ މެޔަށާއި ކާރުގައި ތިބި ޗައިނާ ދެމީހުންގެ އަތަށާއި ފައިގެ ތަންތަނަށް ތަދުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެކްސިޑެންޓް ވި ކާރުގެ ކުރީކޮޅު ހަލާކުވެފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ކާރުގެ އިންޖީނު އެތެރެއަށް ވަދެފައި ވާކަމަށެވެ. މަންޒަރު ދުއް މީހަކާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ގަޑީގައި އެ މަގުގައި އެނޫން އެއްވެސް އުޅަނދެއް ނެތެވެ.
އެމްޓީސީސީ ގެ ދެ ބަސް ވަނީ މިދިޔަ މަހުގެ ތެރޭގައި ދުއްވަން އިން ޑްރައިވަރު ނިދި ޖެހުމުގެ ސަބަބުން އެކްސިޑެންޓް ވެފައެވެ.
މި އެކްސިޑެންޓް ހިނގުމުގެ ހަފްތާއެއް ހާދުވަސް ތެރޭ އަނެއްކާވެސް ވަނީ ބަސް ދުއްވަން އިން ޑްރައިވަރު ނިދި ޖެހިގެން ކާރެއް ގައި ބަސް ޖެހި އެކްސިޑެންޓެއް ހިނގާފައެވެ.