ބޭނުންވާ ތަކެތި

  • އޮލިވް އޮއިލް
  • ތަރުކާރީ (ބޮއިލް ކޮށްފައި)
  • އަލުވި (ކުދިކޮށް ކޮށާފައި)
  • ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • ސޯސް
  • ކޮރިއެންޑާ ފަތް (ކޮށާފައި)
  • ބޮރޮކޮލީ
  • ޑިކޮރޭޝަން ކްރީމް
  • މަސް (ފޮތިކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާ މަސްކޮޅު ފިހެލާށެވެ. ދެން އޭގެ މައްޗަށް ލޮނުމެދުކޮޅު އަޅާ އެއްކޮށްލުމަށް ފަހު، މަސް ކޮޅު ނަގާ ބަހައްޓާށެވެ. ދެން، ތަވާގައި ހުރި ލޮނުމެދު ކޮޅާއި ބޮއިލް ކޮށްފައި ހުރި ތަރުކާރީ ކޮޅު އެއްކޮށްލުމަށް ފަހު ވަކިން ބަހައްޓާށެވެ. އެއަށްފަހު، ވަކި ތަވައަކަށް އަލުވި ކޮޅު އެޅުމަށްފަހު، ހޫނު ކޮށްލާށެވެ. އެވެސް ވަކިން ބެހެއްޓުމަށް ފަހު، ކުޑަ ތެޔޮ ފޮދަކާއި ލޮނުމެދު ކޮޅެއް އަޅާ، ކޮރިއެންޑާ ފަތް ކޮޅު އެއްކޮށްލާށެވެ.

އެއަށްފަހު، ޑިކޮރޭޝަން ސޯސް ކޮޅު ތަށްޓަށް އެޅާ ޑިކޮރޭޓް ކޮށްލުމަށްފަހު، ކޮރިއެންޑާ ފަތް، ތަރުކާރީ، އަލުވި އަދި މަސް ކޮޅު އަތުރާލާށެވެ. ދެން އޭގެ މައްޗަށް ސޯސް އެޅުމަށް ފަހު، ބޮރޮކޮލީ ކޮޅެއް އަޅާލާށެެވެ. އެހިސާބުން ގްރިލްޑް ޓޫނާ އެންޑް ބަޓާ ސޯސް ތައްޔާރުވީއެވެ.