ބޭނުންވާނެ ތަކެތި
- 2 މޭޒުމަތީ ސަމްސާ އިންސްޓެންޓް ކޮފީ
- 1.5 ޖޯޑު ފެން
- 200 ގ ހެވީ ވިޕިން ކްރީމް (ފިނި)
- 1/2 ޖޯޑު ހަކުރު
- 250 ގ މަސްކާޕޮން
- 1 ސައިސަމްސާ ވެނީލާ އެސެންސް
- 18-20 ލޭޑީ ފިންގާސް
ތައްޔާރު ކުރާނެ ގޮތް
ކޮފީކޮޅު ޖަގަކަށް އެޅުމަށް ފަހު އޭގެ ތެެރެއަށް ފެން އަޅާށެވެ. ރަނގަޅަށް ގިރާލުމަށް ފަހު ތަށްޓަކަށް އަޅާފައި ބަހައްޓާށެވެ. އެއަށް ފަހު ވަކިން ތަށްޓަކަށް ވިޕް ކްރީމް އަޅާށެވެ. އަދި އެއަށްފަހު ހަކުރު އަޅާ ކްރީމް ވަންދެއް ގިރާށެވެ. ވިޕް ކްރީމްކޮޅު ކްރީމަށް ވުމުން މަސްކާޕޮން ކޮޅު ކްރީމް މިކްސް އާ އެއްކުރާށެވެ. އެއަށް ފަހު މަސްކާޕޮން ކޮޅު ވިޕް ކްރީމް ތެރެއަށް އަޅާ އެއްކޮށްލާށެވެ. ދެން ވެނީލާ އެސެންސް ކޮޅު އަޅާލުމުން ކްރީމް މިކްސް ތައްޔާރުކޮށް ނިމުނީ އެވެ.
ހެޔޮވަރު ވަރެއްގެ ޓްރޭ އެއް ނެގުމަށް ފަހު ކޮފީ ކޮޅުގެ ތެރެއަށް ފަހަރަކު ލޭޑީ ފިންގާއެއް ލުމަށް ފަހު ނަގާ ޓްރޭގައި އަތުރާށެވެ. ކޮފީކޮޅުގެ ތެރޭގައި ލޭޑީ ފިންގާ ގިނަ އިރު ނުބާއްވާށެވެ. ކޮންމެ ލޭޑީ ފިންގާއެއް ލުމަށް ފަހު ލޭޑީ ފިންގާގެ ބޭރުގައި ކޮފީ އުނުގުޅާ ނަގާ ޓްރޭއަށް ލާން ވާނެއެވެ. މިހެން 1 ލޭޔާ ހެދުމުން އޭގެ މައްޗަށް ކްރީމް ކޮޅު އަޅާށެވެ. އަޅާނީ ކްރީމް ކޮޅުގެ 1/2 އެވެ. ދެން އެއަށް ފަހު ހަމަ މިހެން ބާކީ ހުރި ކްރީމްކޮޅާ ލޭޑީ ފިންގާ ކޮޅުންވެސް ހަދާށެވެ. ލޭޔާކޮށް ނިމުމުން މައްޗަށް ކޮކޯ ޕައުޑާ ކޮޅު ބުރުވާލާށެވެ. ނިމުމުން 5-6 ގަޑިއިރަށް ފިނިކޮށްލާށެވެ.